twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޑަބުލިއު ސްޕޯޓްސް، ވޮލީ މުބާރާތުގައި 10 ޓީމެއް، މިމަހުގެ 13ގައި މުބާރާތް ފަށަނީ

Apr 10, 2018

ޑަބްލިއު ސްޕޯޓްސް އެކަޑެމީން އިންތިޒާމްކޮށްގެން މި މަހު ފެށުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ވޮލީ ޓޯނަމެންޓްގައި 10 ޓީމަކުން ބައިވެރިވެއްޖެ އެވެ.

މި މަހު 13 އިން 24 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ.

 ގްރޫޕް އޭ ގައި ހިމެނޭ ޓީމުތައް:

– ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑް

– ކަސްޓަމްސް

– ހދ އަތޮޅު ތައުލީމީ މަރުކަޒު

– އެސްޓީއޯ

– ކުޅުދުއްފުށީ ޕޮލިސް

ގްރޫޕް ބީ ގައި ހިމެނޭ ޓީމުތައް:

– ހދ އަތޮޅު ކައުންސިލް

– ދިރާގު

– ފެނަކަ

– ކުޅުދުއްފުށީ ހޮސްޕިޓަލް

– ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަސް

ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް މި އަހަރު ހާއްސަކޮށްފައިވަނީ އޯޓިޒަމް ކުދިންނަށެވެ. އެގޮތުން 20 އޭޕްރިލް ވާ ހުކުރު ދުވަހު އެކުދިންނަށް ހާއްސަކޮށްގެން ހާއްސަ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފަ އެވެ. މުބާރާތް ކުރިއަށްދާނީ ޒޯން ސްޓޭޑިއަމްގެ ވޮލީ ކޯޓްގަ އެވެ.

މި މުބާރާތުގެ މަގުސަދަކީ ރަށުގައި ވޮލީ އާލާކޮށް، ޒުވާނުންގެ މެދުގައި ވާދަވެރި ކުޅިވަރަކަށް ހެދުމާއި މި ކުޅިވަރާމެދު ޒުވާނުންގެ ހިތުގައި ލޯބި ޖެއްސުންކަމަށް ޑަބްލިއު ސްޕޯޓްސް އިން މައުލޫމާތު ދެއެވެ.

މީގެ ކުރިންވެސް އެ އެކަޑަމީން އިސްނަގައިގެން ކުޅުދުއްފުށީގައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ޑަބްލިއު އެސް އޭ 3 އޮން 3 ބާސްކެޓްބޯލް ޗެލެންޖާއި، އޭއީސީގައި ބޭއްވުނު ބާސްކެޓްބޯލް ޓްރެއިނިންގް ކޭމްޕާއި، ހޭންޑްބޯލް ކޯޗަސް ޓްރެއިނިން ޕްރޮގްރާމްއަކާއި އަދި މި އެކެޑެމީއިން ކުޅުދުއްފުށީގައި ބޭއްވި އެންމެ އަގުބޮޑު އެންމެ ގިނަ ޓީމްތައް ބައިވެރިވި އެއް އިވެންޓް ކަމުގައިވާ ޑަބްލިއު އެސް އޭ ވިމެން ފުޓްސެލް ފިއެސްޓާގެ އިތުރުން މި އަހަރު ބޭއްވި ޑަބްލިއު ރަން އަދި އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް ފާހަގަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355