twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ޝާހިދާ މަރުގެ މައްސަލާގައި އޭނާ ފިރިމީހާ ހައްޔަރުކޮށްފި

Apr 11, 2018

ހދ. ނޮޅިވަރަމްގައި މިދިޔަ މާރޗުމަހުގެ ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލާގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނޮޅިވަރަން، މަންޒަރުގޭ އުމުރުން 41 އަހަރުގެ ޝާހިދާ އަލީގެ މަރުގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު 12:54 ހާއިރު ނޮޅިވަރަމުން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ކޭއޯއަށް އެނގިފައިވާގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޝާހިދާގެ ފިރިމީހާ، އަބޫބަކުރު އިބުރާހީމެވެ. މީނާ މިވަގުތު ހުރީ ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެެވެ.

ޝާހިދާ ދަންޖެހި މަރުވެފައި ހުއްޓައި ފެނުނީ މިދިޔަ މާޗްގެ އެއްވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގެ ގިފިލިތެރޭގަ އެވެ.  ޝާހިދާގެ މަރުގެ މައްސަލާގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމާ ގުޅިގެން ފުލުހުން ވަނީ އޭނާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު މިދިޔަ މަހުގެ ހަވަނަ ދުވަހުު އިންޑިއާގެ ޓްރިވެންޑްރަމްއަށް ގެންގޮސްފައި ޕޯސްޓްމޯޓަމް ހަދާފަ އެވެ.

އޭގެ ފަހުން ޝާހިދާގެ ހަށިގަނޑު ވަޅުލާފައިވަނީ ކުޅުދުއްފުށީގަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355