twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރައްކާތެރިވަރަށް ވުރެ ސަތޭކަ ގުނަ އިތުރަށް ދަޅުމަހުގައި ޒިންކު އެކުލެވޭ !

Apr 12, 2018

އިންސާނުންގެ ބަނޑަށް ގެއްލުންހުރި މިންވަރަކަށް ދަޅުމަހުގައި ޒިންކު އެކުލެވޭކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ޒިންކަކީ ދަޅުގައި ބަންދުކޮށްފައި ހުންނަ ކާތަކެތި ގިނަ ދުވަހު ނުބައި ނުވާގޮތަށް ބެހެއްޓުމަށްޓަކައި ދަޅުގެ އެތެރެ ކައިރި ފަށުގައި ބޭނުންކޮށްފައި ހުންނަ މަޢުދަނެކެވެ.

މި ދިރާސާއިން ހާމަވިގޮތުގައި ދަޅުގައި ހުންނަ ކާތަކެތީގެ ޒަރީއާއިން ޒިންކު ބަނޑަށް ވާސިލުވުމަށްފަހު، ކާތަކެތި ކެއުމުން ކާތަކެތިން ލިބެންޖެހޭ ފައިދާތައް ލިބުމަށް ހުރަސްއަޅައެވެ.

މީގެ އިތުރުން މި މައުދަނުގެ ސަބަބުން ބަނޑުގެ ފަށަޅަ ބަލިކޮށްލާ ވިހަ މާއްދާތަށް ލޭގެތެރެއަށް ވާސިލް ވުމަށް މަގުފަހުވެއެވެ.

މި ދިރާސާގެ މުޞައްނިފު ނިއުޔޯކްގެ ބިންގހަމްޓަން ޔުނިވަރސިޓީގެ ޕްރޮފެސާރ ގްރެޗެން މަހްލާ ބަޔާން ކުރެއްވި ގޮތުގައި ބަނޑުގެ ފަށަޅަ މިގޮތަށް ބަލި ވުމުގެ ސަބަބުން ލޭގެތެރެއަށް ވާސިލުވެގެން ނުވާނެ ތަކެތި ވާސިލުވުމަކީ ރަގަޅު ކަމެއް ނޫން ކަމެކެވެ.

ގޮހުރު ބަލިކަށިވުމުގެ ސަބަބުން ލޭގެތެރަށް ވާސިލުވާ ތަކެއްޗާ ދެކޮޅަށް އިންސާނާގެ ދިފާއީ ނިޒާމު މަސައްކަތް ކުރަން ފަށައެވެ.  މި ބައްޔަށް ސައިންސް ވެރިން ދީފައިވާ ނަމަކީ “ލީކީ ގަޓް ސިންޑްރޯމް” މިއީ ސިއްޙީ ގޮތުން ދެނެގަންނަން ފަސޭހަ ބައްޔެއް ނޫންކަމަށް ސައިންސްވެރިން ހާމަކުރެ އެވެ.  މީ ބަލީގެ ސަބަބުން މައިބަދައާއި ނާރުގެ ނިޒާމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.

މާގިނައިން ޒިންކް ހަށިގަނޑުގެ ތެރެއަށް ވާސިލުވެއްޖެ ނަމަ ފިޓްޖެހުން، ހުން އައުން، ހޮޑުލުން އަދި އަނބުރައިގަތުން ފަދަ ކަންތައްތަކާވެސް ކުރިމަތި ލާންޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355