twitterviber whatsapp telegramfacebookyoutube instagram
19th April 2024

ތީނި ސިއްހީއެތައް ފައިދާއެއް ލިބޭ މޭވާއެއް

Jul 14, 2018

އަޅުގަނޑުމެންގެ މި ދިވެހި ރާއްޖެއަށް ވަރަށް މަދުން އެތެރެކުރާ ފިގު ނުވަތަ

ވައްތީނިއަކީ އެތެރޭގައި ކުދި އޮށްތަކެއް ހުންނަ ހަށިގަނޑަށް ބޭނުންވާ ތަފާތު ފަައިދާތައް އެކުލެވޭ އަނގަޔަށް މީރު މޭވާއެކެވެ. ތާޒާ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ވައްތީނިއަކީ ހިއްކައިގެންވެސް ކެއުމުގައި ބޭނުންކުރާ މޭވާއެކެވެ.

ވައްތީނިން ލިއްބައިދޭ ސިއްހީ ފައިދާތައް ވަރަށް ގިނައެވެ.

– ކެންސަރު ބައްޔާއި ދުރުކޮށްދިނުން: އެގޮތުން ވައްތީނީގައި އެކުލެވޭ ފައިބަރުގެ މާއްދާގެ ސަބަބުން ގޮހޮރުގެ ކެންސަރާއި އުރަމަތީގެ ކެންސަރާއި މީހާ ދުރުކޮށްދީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ.

– ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ: ވައްތީނީގައި ހިމެނޭ ފެޓީ އެސިޑްގެ މާއްދާތަކަކީ އެމާއްދާތަކުގެ ސަބަބުން ހިތުގެ ބަލިތަކުން ހަށިގަނޑު ދުރުކޮށްދޭ މާއްދާ ތަކެކެވެ.

– ހަކުރު ބައްޔަށްވެސް ފަރުވާއެއް: ވައްތީނީގައި އެކުލެވޭ ފައިބަރ އަދި ޕޮޓޭސިއަމް މާއްދާގެ ސަބަބުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

– ކަށިތައް ވަރުގަދަވޭ: ވައްތީނިއަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް އަދި ޕޮޓޭސިއަމް އެކުލެވޭ މޭވާއެކެވެ. މިކަމުގެ ސަބަބުން އާދަކޮށް ވައްތީނި ކެއުމުގައި ބޭނުންކުރާ މީހުންގެ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ރަގަޅުކޮށް ދިނުމުގައި ވައްތީނި މުހިއްމު ރޯލެއް އަދާކުރެއެވެ.

– ސަރުބީގެ މިންވަރު ދަށްކޮށް ބަރުދަން ލުއިކުރުމަށްވެސް އެހީއެއް: ވައްތީނީގައި އެކުލެވޭ ޕެކްޓިން އަދި ފެނަށްގިރޭ ވައްތަރުގެ ޑައެޓްރީ ފައިބަރު ގެ ސަބަބުން ހަޖަމުކުރާ ނިޒާމްގެ ތެރެއިން ފައިބަރު ދައުރުކުރަމުންދާއިރު، އެއާއި އެކުގައި ސަރުބީ ހަށިގަނޑުން ވަކިކޮށް، ބޭރު ކުރެއެވެ. އަދި ހަމަ ބަރުދަން ލުއިކުރުމުގައިވެސް ފައިބަރ މުހިއްމު ދައުރެއް އަދާކޮށްދެއެވެ.

– ޖިންސީ ގޮތުން ކުރިމަތިވާ ބަލިމަޑުކަމަށް ފަރުވާއެއް: އެގޮތުން ޖިންސީ ބަލިކަށިކަން ކުރިމަތިވާ ފަރާތްތަކުން ވައްތީނި ކިރު ތައްޓެއްގެ ތެރެއަށް ލާފައި އެއްރޭ ވަންދެން ފޯކުރުމަށްފަހު ގަވައިދުން ބޭނުންކުރުމުން ޖިންސީ ބަލިކަށިކަމަށް ހައްލު ލިބޭ ކަމަށް މާހިރުން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355