twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެސްޓީއޯ ސުޕަރމާޓުން “ރަމަޟާން ބާޒާރު” ޕްރޮމޯޝަން ފަށައިފި

Apr 17, 2018

1 އަހަރުދުވަހުގެ ވިޔަފާރިވައުޗަރެއް 3 ފަރާތަކަށް ލިބިގެންދާ “ރަމަޟާން ބާޒާރު” ޕްރޮމޯޝަން އެސްޓީއޯ ސުޕަރމާޓުން ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި ކަސްޓަމަރުން އެސްޓީއޯ ސުޕަރމާޓުން ކުރައްވަވާ -/300 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. އެގޮތުން މިޕްރޮމޯޝަނުން އެންމެ ހާއްސަ އިނާމުގެ ގޮތުގައި 1 އަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯ ސުޕަރމާޓުން ވިޔަފާރިކޮށްލެވޭ ވައުޗަރެއް ގުރުއަތުން ހޮވޭ 3 ފަރާތަކަށް ލިބިގެންދާނެ އެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ތަފާތު ގިނަ އިނާމްތަކަކާއި އެކު ރަމަޟާން ބާޒާރު ކުރިއަށްދާނެެއެވެ.

އެގޮތުން ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރި ކަސްޓަމަރަކަށް، އެސްޓީއޯ ސުޕަރމާޓުންް ރާއްޖެއަށް އެތެރެކޮށް މާރކެޓް ކުރަމުންދާ ބްރޭންޑުތަކުން ހަދިޔާ ކޭސް ލިބިގެންދާނެވެ. އަދި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު މިޕްރޮމޯޝަންގެ ތެރެއިން ރޯދަމަހަށް ހާއްސަ ހަދިޔާ ތަކަކާއި އެކު ކަރައެއް ނަސީބުވެރި ކަސްޓަމަރަކަށް ލިބިގެންދާނެއެވެ. އެގޮތުން ކޮންމެ ދުވަހަކަށް ހާއްސަ ކުރެވިފައިވާ ހަދިޔާ ކޮންމެ ހަފްތާއަކުވެސް ބަދަލުވެގެންދާނެއެވެ.

މިޕްރޮމޯޝަންގައި ރަމަޟާންމަހަށް ބޭނުންތެރި ކާބޯތަކެތީގެ އިތުރުން ތަފާތު ވައްތަރުގެ ޕްލާސްޓިކް އަދި ބިއްލޫރި ތަށީގެ އިތުރުން ގިނަ އަދަދެއްގެ ބަދިގެ ސާމާނު ލިބިގެންދާނެއެވެ. އެގޮތުން ތަފާތު ވައްތަރުގެ ޕްލާސްޓިކް ކޮންޓެއިނަރ، ތަށި އަދި ބޯތަށި، ބާސްކެޓް، ޑިސްޕޯސަޕަލް ތަށި އަދި ކެއްކުމަށް ބޭނުންކުރައްވާ އެތައް ސާމާނެއް އެސްޓީއޯ ސުޕަރމާޓް ރަމަޒާން ބާޒާރުން ހެޔޮއަގުގައި ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355