twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެސްޓީއޯ ސުޕަމާޓް ހޯލް ސޭލް ސެންޓަރުން ޕްރޮމޯޝަނެއް ފަށައިފި

Apr 19, 2018

އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ” ހޯލްސޭލް ޕްރޮމޯ ” ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން ޙާއްސަކުރެވިފައިވަނީ އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ހޯލްސޭލް ކުރާ 39 ބްރޭންޑަކަށެވެ.

މި ބްރޭންޑްތަކުގެ ތެރޭގައި ޔޫރަޕް ، އޭޝިޔާ ، މެދުއިރުމަތީ އަދި އެފްރިކާ ބައްރުގެ ބްރޭންޑްތައް ހިމެނޭނެ ކަމަށް އެސްޓީއޯ އިން ހާމަކޮށްފައިވެއެވެ.

މިދެންނެވި ބްރޭންޑްތަކުގެ އުފެއްދުންތަކުގެ ތެރޭގައި އާއްމުންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދޭ ކައްކާ ތެޔޮ، ސަންފްލާވާ ތެޔޮ ، ބާސްމަތީ ހަނޑޫ ، ގެރިކިރު، ތަފާތު ވަައްތަރުގެ ޖޫސް، ހިކި ކިރު، ޕާސްތާ، ޓޮމާޓޯ ޕޭސްޓް، ކޯން ފްލެކުސް، ސްޕެގެޓީ، ރައިބީނާ، ޑްރިންކިން ޔޯގަޓް، ސައިފަތް އަދި އަނބު ދަޅު ހިމެނެއެވެ.

މިޕްރޮމޯޝަން ކުރިއަށްދާއިރު އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރުން -/1500 ރުފިޔާއިން މަތިން ވިޔަފާރިކުރައްވާ ކޮންމެ ބޭފުޅަކަށްވެސް ކޫޕަނެއް ލިބިގެންދާނެއެވެ.

ޕްރޮމޯޝަންގެ އެއްވަނައަށް ހޮވިވަޑައިގަންނަވާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ހިޓާޗީ 18,000 ބީޓީޔޫ އޭސީ، ފިލިޕްސް 55 އިންޗި ޓީވީ އަދި ސެންފޯޑު ޗިލާ އެއް ލިބިގެންދާއިރު، ދެވަނައަށް ހޮވިވަޑައިގަންނަވާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ހިޓާޗީ 12,000 ބީޓީޔޫ އޭސީ، ފިލިޕްސް 55 އިންޗި ޓީވީ އަދި ވާވޭ ފޯނެއް ލިބިވަޑައިގަންނަވާނެއެެވެ.

އަދި ތިންވަނައަށް ހޮވިވަޑައިގަންނަވާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ހިޓާޗީ 9,000 ބީޓީޔޫ އޭސީ، ފިލިޕްސް 49 އިންޗި ޓީވީ، ސެންފޯޑު މައިކްރޯވޭވްއެއް ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެއިތުރުންވެސް ނަސީބުވެރި 10 ފަރާތަކަށް އިނާމެއްގެ ގޮތުގައި އެސްޓީއޯ ސުޕަރމާޓް އިން ރާއްޖެ އެތެރެކުރާ ބްރޭންޑްތަކުގެ ތެރެއިން ކޭސް ލިބިވަޑައިގަންނަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355