twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިދިޔަ އަހަރު އެސްޓީއޯގެ ޖުމްލަ އާމްދަނީގެ ގޮތުގައި 7.5 މިލިއަން ރުފިޔާ

May 2, 2018

ނިމިދިޔަ އަހަރު އެސްޓީއޯގެ ޖުމްލަ އާމްދަނީ އަކީ 7.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 1.1 ބިލިއަން ރުފިޔާގެ އިތުރު އަދަދެއްކަަމަށާއީ މިއީ 18 އިންސައްތައިގެ ކުރިއެރުމެއްކަމަށެެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާއި އެސްޓީއޯއިން ވިއްކި ތެލުގެ އަގަށް ބަދަލުގެނައުމާއި، ތެޔޮ ވިއްކި ޢަދަދު އިތުރުވެފައިވުމާއި، އަދި އެހެނިިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް އިތުރުވެފައިވުމެވެ. އަދި އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 2.9 އިންސައްތަ އިތުރުވެފައެވެ. 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރއިން ފެށިގެން އަހަރު ނިމުމާއި ހަމައަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 25 އިންސައްތަ އުފުލިފަވީ ނަމަވެސް މިމުއްދަތުގެ ތެރޭގައި އެސްޓީއޯއިން ވިއްކާ ތެލުގެ ބާވަތްތަކުގެ އަގު ބޮޑުކޮށްފައިވާނީ 12 އިންސައްތަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީނަމަވެސް، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 37 މިލިއަން ރުފިޔާ ދަށްވެފައެވެ. މިއީ 3.8 އިންސައްތައިގެ ދަށްވުމެކެވެ. ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީއަހަރާއި އަޅާބަލާއިރު 76 މިލިއަން ރުފިޔާ ދަށްވެފައިވީނަމަވެސް، ތެޔޮ ނޫން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ ވަނީ 39 މިލިއަން ރުފިޔާ އިތުރުވެފައެވެ.

ފާއިތުވި އަހަރު ތެލުގެ ބާޒާރަށް އައި ބަދަލުތަކާއިއެކު ތެލުގެ އަގުތައް އަދިވެސް ދަނީ މައްޗަށެވެ. އެހެންކަމުން މިއަހަރުވެސް އެސްޓީއޯއިން އެންމެ ބޮޑު އިސްކަމެއް ދެނީ ތެލުގެ އަގު އެއްވަރަކަށް ހިފަހައްޓާ، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށެވެ. އަދި އެހެނިހެން ވިޔަފާރިތައް ކުރިއަރުވާ، އެ ވިޔަފާރިތަކުން ލިބޭ ފައިދާއިން، ތެލުގެ އަގުން ކުންފުންޏަށް ގެއްލިގެންދާ ބައި ކުޑަކުރުމަށެވެ.

އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން އާންމު ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށްވާތީ ދިވެހިރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާތީ އެސްޓީއޯއިން މަސައްކަތްކުރަމުންދަނީ މިދާއިރާތަކަށް އިންވެސްޓްކުރުމާއިއެކު ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށެވެ. މިގޮތުން، ފާއިތުވި އަހަރުގެ 2 ވަނަ ކުއާޓަރއިން ފެށިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރއާއި ހަމައަށް އެސްޓީއޯގެ ފައިދާވާނީ އެއް ވަރެއްގައި ހިފެހެއްޓިފައެވެ.

އެސްޓީއޯގެ ހިންގުމުގެ ހަރަދު ޕްރޮވިޝަން އަދި ޑިޕްރިސިއޭޝަން ނުހިމަނާ 2017 ވަނަ އަހަރު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައެެވެ. ނަމަވެސް މިދެންނެވުނު ހަރަދުތައް ހިމަނައިގެން ހިންގުމުގެ ހަރަދުތައް ވަނީ 25 މިލިއަން އިތުރުވަފެއެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 3 އިންސައްތައިގެ އިތުރުވުމެކެވެ. ޕްރޮވިޝަން އިތުރުވުމުގެ މައިގަނޑު ސަބަބަކީ 2017 ވަނަ އަަހަރު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ރިސީވަބަލް އިމްޕެއާރމަންޓް، 27 މިލިއަން ރުފިޔާ އިތުރުވެފައިވުމެވެ.

ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯގެ 2017 ވަަނަ އަހަރުގެ ސާފު ފައިދާއަކީ 211 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 26 އިންސައްތައިގެ ދަށްވުމެކެވެ. މިއަހަރު އެސްޓީއޯއަށް ލިބިފައިވާ ފައިދާއިން ޙިއްޞާއަކަށް -/55ރ. ބެހުމަށް، އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ނިންމަވާފައެވެ. އެސްޓީއޯގެ އަމާޒަކީ އަބަދުވެސް ބާޒާރުގައި ތަކެތީގެ އަގުތައް އެއް މިންގަނޑެއްގައި ހިފެހައްޓާ ދިނުމާއި ހިއްސާދާރުންނަށް އެކަށީގެންވާ ފައިދާއެއް ހޯދައިދިނުމެވެ.

އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން އާންމު ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށްވާތީ ދިވެހިރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާތީ އެސްޓީއޯއިން މަސައްކަތްކުރަމުންދަނީ މިދާއިރާތަކަށް އިންވެސްޓްކުރުމާއިއެކު ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށް ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. މިގޮތުން، ފާއިތުވި އަހަރުގެ 2 ވަނަ ކުއާޓަރއިން ފެށިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރއާއި ހަމައަށް އެސްޓީއޯގެ ފައިދާވާނީ އެއް ވަރެއްގައި ހިފެހެއްޓިފަކަަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355