twitterviber whatsapp telegramfacebookyoutube instagram
12th September 2026

އަޖުވާ ކަދުރުން އެތައް ސިއްހީ ފައިދާ އެއް

May 19, 2018

އާންމުގޮތެއްގައި ކަދުރު ރާއްޖޭގެ ކޮންމެ ގެޔަކުންވެސް ފެންނާނީ ރޯދަމަހުއެވެ. ރޯދަވިއްލުމައް ސުންނަތްވެގެންވާ، ފޮނިކަމުން ފުރިފައިވާ މޭވާއެކެވެ. ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިކަމަށް އައިސްފައިވެއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ރޯދައަށް ހުރިނަމަ، އެމީހަކު ކަދުރުން ރޯދަ ވީއްލާށެވެ. އެމީހަކު އަތުގައި ކަދުރު ނެތް ނަމަ ދެން ފެނުންނެވެ. ހަމަކަށަވަރުން ފެނަކީ ޠާހިރު ކުރުވާ އެއްޗެކެވެ.”

އަޖުވާ ކަދުރަކީ މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ކަދުރުކަމުގައި ފާހަގަ ކޮއްލެވޭ ކަދުރެކެވެ.

ކަދުރުގެ ވައްތަރުތައް ގިނަ ކަމުގައިވީއިރުވެސް އަޖްވާކަދުރަކީ ވަކިން ހާއްސަކޮން އިތުރު ސިއްހީ ފައިދާ ތަކެއް އެކުލެވޭ ކަމަ ނަންގަނެވޭ އެއްކަދުރެވެ. އަދި 7 އަޖްވާކަދުރު ހެނދުނު ކައިފިމީހަކައް އެއްވެސް ސިހުރެއް އަދި ވިހައެއް އޭނާއައް އެދުވަހުގާތެއްނުވާނެކަން ރަސޫލާ (صلى الله عليه وسلم) ހަދީޘްއަކުން އަހަރެމެންނައް އެނގިގެންދެޔެއެވެ.

މީގެ އިތިރުން އަޖްވާ ކަދުރަކީ ސުވަރުގޭގެ މޭވާއެއްކަންވެސް ރަސޫލާ (صلى الله عليه وسلم) ހަދީޘްއަކުން ރިވާވެގެންވެއެވެ.

އަޖްވާކަދުރުން ލިބޭ އެހެނިހެން ފައިދާތަކުގެ ތެރެއިން؛

– މި މޭވާގައި ހިމެނޭ އެތަކައް ޕޮރޮޓީންސް އާއި މިނެރަލްސްއުން ހަށިގަނޑު ހެދިބޮޑުވުމަށާއި ހަލާކުވެފައިހުންނަތަންތަން ފަސޭހަވުމުގައި އެހީތެރިވެދެއެވެ.

– ލޭމައްޗައް ދިޔުމުންނާއި ކިޑްނީގެ ދުޅަހެޔޮކަން ދެމެހެއްޓުމައްޓަކައި އެހީތެރިވެދެއެވެ.

– ހަޖަމްކުރުމުގެ ނިޒާމްގެ މައްސަލަ ހައްލުކުރުމަށް އެހީވެދީ އެނިޒާމުގެ މަސައްކަތް އިތުރައް ރަގަނޅުވެގެންދެޔެއެވެ.

– ދަގަނޑުގެ މާއްދާ އަޖްވާކަދުރުގައި ހިމެނިފައިހުރުމުގެ ސަބަބުން އެނީމިއާ ބަލިން ރައްކާތެރިވުމަށް އެހީވެދެއެވެ.

– ދަރިން ވިހެއުމުގައި ފަސޭހަވެގެންދެޔެއެވެ.

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ކެންސަރ ފަދަބަލިތަކުން ރައްކާތެރިކޮއްދޭ ބާވަތްވަނީ މި ކަދުރުންފެނިފައެވެ. މިދިރާސާ ކުރެވިފައިވަނީ “ރިޔާދް ބޭސްޑް ކިންގް ސައުދު ޔުނިވަރސިޓީ” ގައި، އަޖްވާކަދުރުން ލިބޭ ފައިދާތައް ދިރާސާކުރުމުގަޔެއެވެ.

އަޖްވާ ކަދުރުގައި ހިމެނޭ ވިޓަމިންސްގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުވުމަށް އެހީތެރި ވެދެއެވެ. ހިތުގެ މައްސަލަތައް ފަސޭހަވެގެންދެޔެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293