twitterviber whatsapp telegramfacebookyoutube instagram
3rd February 2026

އުތުރު ތަމްސީލުކުރަން ފޯކައިދޫ މިރޭ ގަލޮޅު ދަނޑަށް !

May 10, 2018

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މިރޭ ގަލޮޅު ދަނޑުގައި ކުޅޭއިރު ފޯކައިދޫއާ ދެކޮޅަށް ނިކުންނާނީ ތ. ތިމަރަފުއްޓެވެ.

ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު މިވަރުގެ ފައިނަލަކަށް ފޯކައިދޫ ނުކުންނަނީ ތަށި ލިބޭނެކަމުގެ ވަރަށް ބޮޑު އުންމީދަކާއެކު ކަމަށް ފޯކައިދޫ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރ އަހުމަދު އާސިފް ވަނީ ވިދާޅުވެފަ އެވެެ.

ފޯކައިދޫ ޓީމުގެ ކުޅުންތެރިންތަކެއް–

އާސިފް ވިދާޅުވީ ފައިނަލަށް ފޯކައިދޫ އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ ކަމަށާއި ފައިނަލަށް ނުކުންނަނީ ކުރިން އަހަރުތަކުގެ ތަޖުރިބާއާއެކީގައި ބޮޑެތި ކަންތައްތަކެއްކޮށް ވަރަށް ބޮޑަށް ތައްޔާރީތަކެއް ވެގެން ކަމަށެވެ.

އޭނާ ވިދާޅުވީ ޓީމު އޮތީ ވަރަށް ފިޓްކޮށް ކަމަށާއި ފައިނަލް މެޗު ކާމިޔާބުކުރާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. މުބާރާތުގެ އިދިކޮޅު ޓީމުތަކުންވެސް ކުޅެފައި ހުރި ހުރިހާ މެޗުތަކެއް ފޭސްބުކުން ބަލައި، ރަނގަޅަށް ތައްޔާރުވެފައިވާކަމަށް އާސިފް ވިދާޅުވި އެވެ.

ފޯކައިދޫ ޓީމުގެ ސަޕޯޓަރުން–

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިރޭ 9 ޖަހާއިރު ގަލޮޅު ރަސްމީ ދަނޑު ގަ އެވެ. މިމެޗު ބެލުމަށްޓަކާ ފޯކައިދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނެކަމަށް ބެލެވެ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355