twitterviber whatsapp telegramfacebookyoutube instagram
18th April 2024

ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް

އަބްދުލް ވާހިދު ޙަސަން
May 14, 2018

ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 22 ރުފިޔާ ބަހަން ނިންމައިފި އެވެ.

މިރޭ ހޮޓެލް ޖެން ގައި ކުރިޔަށް ގެންދިޔަ ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ 118.4 މިލިއަން ރުފިޔާ (ހިއްސާއަކަށް 22 ރުފިޔާ) ދިނުމަށް ފާސްކޮށްފައެވެ.

މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %10 އިތުރު އަދި މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ ރެކޯޑް އަދަދެކެވެ.

އެ ބޭންކުން މައުލޫމާތު ދޭގޮތުގައި ޓެކްސް އަށް ކެނޑުމުގެ ކުރިން 2017 ވަނަ އަހަރު ބީއެމްއެލް އަށް ލިބުނު ސާފު ފައިދާ ވަނީ 1.416 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ޖުމްލަކޮށް ކުރީ އަހަރާ އަޅާބަލާއިރު %4 އިތުރު އަދަދެއް، އަދި އެއްމިންގަނޑަކުން ކުރީ އަހަރާ އަޅާބަލާއިރު %20 ގެ ކުރިއެރުމެކެވެ.

އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ވަނީ %7 އިން %4.1 އަށް ވަނީ ދަށްކުރެވިފަ ކަމަށާއި އަދި އަލަށް ދޫކުރެވުނު ލޯނުތަކުގެ އަދަދުވަނީ 4.4 ބިލިއަން ރުފިޔާ އަށް އަރާފަކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

މި އާއެކު ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރުގެ ގޮތުގައި ދައުލަތަށް ހިއްސާގެ ފައިދާގެ ގޮތުގައި ލިބޭ މިންވަރު އިތުރުވެ އަދި ރިޕޯރޓްތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 378 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ.

މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ ‘އަހަރެންގެ ބޭންކް’ ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް މިހާތަނަށް ބޭންކުން ހިންގި އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ހިންގާފަކަމަށާއި މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާ އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ތަފާތު 50 ޕްރޮޖެކްޓަކަށްވަނީ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މިދިޔަ އަހަރު ބޭންކުން ވަނީ އަތޮޅުތަކުގައި 3 ބްރާންޗާއި 14 ސެލްފް ސާވިސް ބޭންކިން ސެންޓަރ ގާއިމްކޮށްފައެވެ. މީގެ އިތުރުންވެސް ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްތަކުގައި ބޭންކިންގ ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުންގެ ހިދުމަތް އިތުރު ރަށްތަކަކަށް ފުޅާކޮށް ކޭޝް އެޖެންޓް ނެޓްވޯކްގެ އަދަދުވަނީ 191 އިން 230 އަށް އިތުރުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355