twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ހދ އަތޮޅު ކައުންސިލްގެ ރައީސަކަށް ހުސެއިން، ނައިބަކަށް އިބްރާހީމް

May 30, 2018

ހދ އަތޮޅު ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ ރައީސަކަށް ނޮޅިވަރަމު ދާއިރާގެ މެމްބަރު ހުސައިން ހަސަން އަދި ނާއިބު ރައީސަކަށް މަކުނުދޫ ދާއިރާގެ މެމްބަރު އިބްރާހީމް އަލީ އިންތިހާބު ކުރައްވައިފި އެވެ.

މިއަދު 11:00 އެ ކައުންސިލްގައި ބޭއްވުނު ހދ އަތޮޅު ކައުންސިލްގެ 3 ވަނަ ދައުރުގެ 48 ވަނަ ޖަލްސާގައި ރައީސާއި ނައިބުރައީސް ގެ މަގާމަށް ދެ ބޭފުޅުން އިންތިހާބު ވީ ވޯޓުގައި ބައިވެރިވި 6 މެންބަރުންގެ ތެރެއިން 4 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވެ.

ހުސެއިން ހަސަން ގެ އިތުރުން ރައީސް ކަމަށް ދެން ކުރިމަތިލެއްވީ ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރު އަހްމަދު އާތިފެވެ. ނާއިބުރައީސްގެ މަގާމަށް ކުރިމަތިލެއްވީ އިބްރާހީމް ޢަލީ އެކަންޏެވެ.

ހދ.އަތޮޅުކައުންސިލްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ކައުންސިލްގެ ރައީސާއި ނާއިބު ރައީސްގެ މުއްދަތަކީ 1 އަހަރެވެ. އެހެން ކަމުން ކޮންމެ އަހަރަކުވެސް އިންތިހާބު ބާއްވައި ރައީސާއި ނާއިބު ރައީސްގެ މަޤާމަށް މެމްބަރުން އިންތިހާބު ކުރެވެއެވެ.

3 ވަނަ ދައުރުގެ އަތޮޅު ކައުންސިލްގެ މެމްބަރުން މަގާމާ ހަވާލުވެވަޑައިގެންފައިވަނީ 3 ޖޫން 2017 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355