ރެސިޕީ: ކެރެޓް ކޭކް

ނަބީލާ އިސްމާޢީލް - 8 މަސް ކުރިން - 2 ޖޫން 2018ބޭނުންވާ ތަކެތި:

550 ގްރާމް މުގުރާފަ ހުރި ހަކުރު
12 ގްރާމް ލޮނު
450 ގުރާމް ގޮދަން ފުށް
10 ގްރާމް މުގުރި ފޮނިތޮށި
7 ގްރާމް ބޭކިންގ ޕައުޑަރ
2 ގްރާމް ބޭކިންގ ސޮޑާ
500 ގްރާމް ކުކުޅު ބިސް
400 މިލިލިޓަރ ކުކިންގ އޮއިލް
500 ގްރާމް ކެރެޓް (ގާނާފައިހުރި)
155 ގްރާމް ކަނަމަދު

ހައްދަވާނެގޮތް :

ކެރެޓް ކޭކު ހެއްދެވުމަށް ފުރަތަމަ ވެސް ގޮދަންފުށާއި ބޭކިންގ ޕައުޑަރ، ބޭކިންގ ސޮޑާ އަދި މުގުރި ފޮނިތޮށިކޮޅު ފުރޭންޏަކުން ފުރާނާލައްވާށެވެ.

ދެން މިކްސްޗަރަކުން ކުކުޅުބިސް ރަނގަޅަށް އޮލަވަންދެން މެދުމިނެއްގައި ގިރާލައްވާށެވެ. އެއަށްފަހު ތެޔޮފޮދު އަޅާލައްވާށެވެ. އެއަށްފަހު ބާރު ސްޕީޑުގައި 3 މިނެޓުވަރު ގިރާލައްވާށެވެ. ދެން ހަކުރު އެޅުއްވުމަށްފަހު އިތުރު 3 މިނިޓު ބާރު ސްޕީޑުގައި ގިރާލައްވާށެވެ
ދެން ތަންކޮޅެއް ފުން ތައްޓަކަށް އަޅާލައްވާށެވެ. މަދުމަދުން ގޮދަންފުށް އެއްކޮށްލައްވާށެވެ. އެއަށްފަހު ގާނާފައިހުރި ކެރެޓާއި ކަނަމަދު އެއްކޮށްލައްވާށެވެ.
ދެން އެއަށްފަހު ކޭކު ފިހުމަށް ތައްޔާރު ކުރައްވާފައި ހުރި ޓްރޭގައި 170 ޑިގްރީގައި މައްޗަށް ރަނގަޅަށް ކުލައަރަންދެން ފިހެލާށެވެ.


ގުޅުން ހުރި ލިޔުންތައް