އުރީދޫ މަސްރޭހުގެ ފައިނަލްގެ ފަހު 2 ޖާގަ ޓީމް އެންޒީ އަދި ޓީމް އެޗް.ޑީ.ސީ އިން ހޯދައިފި

ޚަދީޖާ އާދަމް - 9 މަސް ކުރިން - 7 ޖޫން 2018އޫރިދޫ މަސްރޭހުގެ ތިންވަނަ ސެމީފައިނަލް ބުރު ރޭ ނިމި، ފައިނަލްގެ ފަހު ދެ ޖާގަ ޓީމް އެންޒީ އަދި ޓީމް އެޗް.ޑީ.ސީ އިން ކަށަވަރު ކޮއްފިއެވެ.

އުރީދޫ މަސްރޭހުގެ ފައިނަލްގައި ޓީމް އެންޒީ އަދި ޓީމް އެޗްޑީސީ ވާދަކުރާނީ، ފުރަތަމަ ސެމީފައިނަލް ކާމިޔާބުކުރި ޓީމް މަލަހިނި އަދި ޓީމް ސްޓެލްކޯގެ އިތުރުން، ދެވަނަ ސެމީފައިނަލް އިން އެންމެ ކުރި ހޯދި ޓީމް މިލައިދޫ އަދި ޓީމް ތާޖް އެގްޒޯޓިކާ އެވެ.

ރޭ ބްރިޖް ވިއުއިންގ ޕްލެޓްފޯމް ކުރިއަށްދިޔަ މި އިވެންޓުގައި ހަތަރު ޓީމެއް ވަނީ ވާދަ ކޮއްފައެވެ. އޭގެ ތެރޭގައި ޓީމް ކޯސްޓްލައިން، ޓީމް އެޗް.ޑީ.ސީ، ޓީމް އެންޒީ އަދި ޓީމް ކޮންރެޑް ވަނީ ވާދަ ކޮއްފައެވެ.

އުރީދޫ މަސްރޭސް 2018ގެ ފޯރިގަދަ ފައިނަލް އިވެންޓް ފިތުރުދުގެ ހާއްސަ ހަރަކާތްތަކާއިއެކު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 15ވާ ހުކުރު ދުވަހުއެވެ.


ގުޅުން ހުރި ލިޔުންތައް