twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޗެމްޕިއަން ޖާމަނީ ބަލިވިއިރު ބްރެޒިލްއަށް ވެސް މޮޅެއް ނުވެވުނު

Jun 18, 2018

ވޯލްޑް ކަޕް 2018 ގައި ޗެމްޕިއަން ޖާމަނީ މެކްސިކޯ އަތުން 1-0 އިން ބަލިވިއިރު ބްރެޒިލް 1-1 އިން ސްވިޒަލެންޑާ އެއްވަރުވެއްޖެ އެވެ.

ރޭ ކުޅުނު ގުރޫޕް އެފް ގެ ފުރަތަމަ މެޗުގައި މެކްސިކޯ އަދި އެންމެ ފަހުގެ ޗެމްޕިއަން ޖާމަނީ ބައްދަލު ކުރިއިރު މެޗުގައި ފެނުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 35 ވަނަ މިނެޓްގަ އެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހިރްވިންގ ލޮޒާނޯ އެވެ. ފާއިތުވެ ދިޔަ ފަސް ވޯލްޑް ކަޕަށް 4 ވޯލްޑް ކަޕަށް ބަލާއިރު އެންމެ ފަހުން ޗެމްޕިއަން ހޯދި ތިން ޓީމެއް ވަނީ ގުރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފަ އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕް ހޯސްޓްކޮށް ހިތްދަތި ގޮތަކަށް ކަޓައިގެން ދިޔަ ބްރެޒިލް އަށް ވެސް ރޭ ސްވިޒަލެންޑް ބަލި ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. ރޭގެ މެޗުގެ 20 ވަނަ މިނެޓްގައި ކޯޓީނިއޯ ޕެނަލްޓީ އޭރިޔާ ބޭރުން ވަރަށް ރީތި ލަނޑެއް ޖަހާފައިވާއިރު ސްވިޒަލެންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 50 ވަނަ މިނެޓްގަ އެވެ. މިއީ ކޯނަރަކުން މުޅިން ހުސްކޮށް ހުރެ ސްޓީވަން ޒޫބާ ޖަހައިދިން ގޯލެކެވެ.

ރޭ މި ގުރޫޕްގައި ކުޅުނު އަނެއް މެޗުގައި ސާބިޔާ އިން ވަނީ 1-0 އިން ކޮސްޓާ ރިކާ ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މެޗުގެ 56 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން އެލެކްސެންދްރާ ކޮލާރޯވް އެވެ.

މިއަދު ކުޅެވޭ މެޗުތަކަށް ބަލާއިރު 17:00 ގައި ކުޅޭނީ ގުރޫޕް އެފް ގެ އަނެއް ދެ ޓީމު ކަމުގައިވާ ސްވިޑެން އަދި ސައުތު ކޮރެއާ އެވެ. 20:00 ގައި ގުރޫޕް ޖީ ގެ ފުރަތަމަ މެޗުގައި ބެލްޖިއަމް އަދި ޕެނަމާ ބައްދަލުކުރާއިރު، 23:00 ގައި ކުޅޭނީ ޓިއުނީޝިޔާ އަދި އިންގްލެންޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355