twitterviber whatsapp telegramfacebookyoutube instagram
1st November 2025

ނާރުގެ ހާއްސަ ޑޮކްޓަރެއް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބަލަނީ

Jun 28, 2018

ނާރުގެ ހާއްސަ ޑޮކްޓަރެއް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެ އެވެ.

މިނިސްޓްރީ އޮފް ހެލްތާއި ޕާކިސްތާނު އެމްބަސީ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދާ ހެލްތު ކޭމްޕެއްގެ ތެރެއިން ނާރުގެ ބަލިތަކަށް ހާއްސަ މި ޑޮކްޓަރު އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.

އެގޮތުން އަންނަ ޖުލައި 8، 9، 12 އަދި 13 ވަނަ ދުވަހު ނާރު ޑޮކްޓަރު އެ ހޮސްޕިޓަލުގައި ބަލި މީހުން ބަލައި ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތް ތަކުން އެ ހޮސްޕިޓަލްގެ 6528864 ނަންބަރުން ނުވަތަ ހޮސްޕިޓަލަ ދުރުވެ ނަން ނޯޓް ކުރުމަށް އިންތިޒާމު ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355