twitterviber whatsapp telegramfacebookyoutube instagram
6th June 2025

ސަރުކާރު އައީ ލާމަރުކަޒީ ނިޒާމު ފައްކާކުރާނެ ވާހަކަތަކާއެކު އެކަމަކު ފެނިގެންދަނީ އެ ނިޒާމު ފުނޑާލަން އުޅޭ މަންޒަރު

އަބްދުލް ވާހިދު ޙަސަން
Jun 4, 2025
1

މި ސަރުކާރު އައީ ލާމަރުކަޒީ ނިޒާމު ފައްކާކޮށް އެހެން ހަރުފަތަށް ގެންގޮސްދޭނެކަމުގެ ވާހަކަތަކާއެކު ކަމަށާއި ނަމަވެސް ވެރިކަމަށް އައުމަށްފަހު ފެނިގެންދަނީ ލާމަރުކަޒީ ނިޒާމު ފުންޑާލަން އުޅޭ މަންޒަރުކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް މެންބަރު އާތިފާ އަލީ ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ސިޓީ ކައުންސިލާއެކު އެއްބަސްވުން ހެދުމަށް ފެނަކަ ކޯޕަރޭޝަނުން ދެކޮޅު ހެދުމުން އެ މައްސަލާގައި ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމުގެ އެޖެންޑާގައި ވާހަކަދައްކަވަމުން އާތިފާ އަލީ ވިދާޅުވީ، މިފަދަ މައްސަލައެއް އެޖެންޑާކުރަން ޖެހުމަކީ ދެރަ ކަމެއް ކަމަށެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަންއާއެކު ދެ އަހަރު ވަންދެން މަޝްވަރާކުރެވުނު ނަމަވެސް ހައްލެއް ނުލިބުނުކަމަށް އާތިފާ ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމު ފައްކާކޮށް އެހެން ހަރުފަތަކަށް ގެނެސްދިނުމަށް އައި ސަރުކާރެއް މި ސަރުކާރަކީ . އެހެންނަމަވެސް އަޅުގަނޑުމެންނަށް މިފެންނަނީ ލާމަރުކަޒީ ފުންޑާލަން އުޅޭތަން." އާތިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން އުޅެނީ ލާމަރުކަޒީ ނިޒާމު ދަށްކޮށްލުމަށް ކަމަށެވެ. އެހެން މަސައްކަތް ކުރަނީ އެ ނިޒާމާއެކު ރަށްރަށަށް އަންނަ ތަރައްގީ [ސަރުކާރަށް] ހަޖަމުކުރަން އުނދަގޫވާތި ކަމަށްވެސް އާތިފާ ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް[މައި ސަރުކާރަށް] އަތް ނުލެވޭ ލާރި ތަނެއްގައި ހުރީމަ އެކަމާ މެދު ހިތުގައި ޖެހެނީއޭ އަޅުގަނޑަށް ހީވަނީ ހިނގޭތޯ. އެ އަތްނުލެވޭ ލާރި ތަނެއްގައި ހުރުމުން ހަގީގަތުގައި ރައްޔިތުންނަށް ވަރަށް ގިނަ ރަނގަޅު ބަދަލުތަކެއް އެބަ އާދޭ." އާތިފާ ވިދާޅުވި އެވެ.

އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވަނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ކަމަށާއި އެ ނިޒާމުގެ ސަބަބުން ރަށްތަކަށް ދިރުން ލިބިގެންދާކަމުގައި އާތިފާ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355