twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބޭނުންވާ ވަރަށް ބައެއް ކަންކަމުގައި އަންހެނުންގެ ހިއްސާއެއް ނުލިބޭ: އާތިފާ

އަބްދުލް ވާހިދު ޙަސަން
Jun 10, 2022
1

ކުޅުދުއްފުށީ ސިޓީ ކައުންސިލް ބޭނުންވާ ވަރަށް ބައެއް ކަންތައްތަކުގައި އަންހެނުންގެ ހިއްސާ ނުލިބޭކަމަށް އެ ކައުންސިލްގެ މެމްބަރު އާތިފާ އަލީ ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅު ބަށިބޯޅަ ލީގް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެމްބަރު އާތިފާ ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންގެ ކުޅިވަރު ކުރިއެރުވުމަށް ސިޓީ ކައުންސިލުން ވަރަށް ހާއްސަ އިސްކަމެއްދޭ ކަމަށެވެ.

އެކަމަކު ބައެއް ކަންކަމުގައި ސިޓީ ކައުންސިލުން ބޭނުންވާ ވަރަށް އަންހެނުންގެ ހިއްސާ ނުލިބޭކަން އޭނާ ފާހަގަކުރެވި އެވެ. އެގޮތުން އާތިފާ ފާހަގަކުރެއްވީ، ރައްޔިތުން ބައްދަލުވުންތަކަށްދާ އަންހެނުން މަދުކަމެވެ.

އެހެންވުމުން އޭނާ ވަނީ ރައްޔިތުންގެ ބައްދަލުވުންތަކާއި އެހެނިހެން ކަންކަމުގައި އަންހެނުން ބައިވެރިވުމާއި ފެންނަލެއް އިތުރުކުރުމަށް އަންހެނުންނަށް ގޮވާލައްވާފަ އެވެ.

"އަޅުގަނޑުމެން ބޭނުންވާ ވަރަށް އަންހެނުންގެ ހިއްސާއެއް ނުލިބެޔޭ. ހާއްސަކޮށް ކަންތައްތައް ނިންމުމުގައި އިތުރަށް އަޅުގަނޑުމެން އަންހެނުން އެބަޖެހޭ މަސައްކަތްކުރަން. އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެން ބައިވެރިވެ މިކަމުގައި ނުކުތްވަރަކުން އަޅުގަނޑުމެން އަންހެނުން ކުރިއަށްދާނީ. ހުރިހާ އަންހެން ބޭފުޅުންނަށްވެސް ދަންނަވާލަން ރައްޔިތުން ބައްދަލުވުމާ މިކަހަލަ ކަންކަމަށް އަންހެނުންގެ ޕްރެސެންސް ތަންކޮޅެއް ބޮޑަށް ދިނުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެކޭ." މެމްބަރު އާތިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކައުންސިލްތަކުގެ 33 އިންސަތަ އާއި ހަމައެއާއެކު އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކައުންސިލްގެ ބަޖެޓުން ފަސް އިންސަތަ ލިބިފައިވުމުން، އެކަމުން ތަފާތު ފެންނަ ޖެހޭ ކަމަށާއި އަންހެނުންނަށް ރަނގަޅު އަސަރުތަކެއް ފެންނަށް ޖެހޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355