twitterviber whatsapp telegramfacebookyoutube instagram
18th July 2019

މިއަހަރުގެ ޖޫންމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ 3.55 ބިލިއަން ރުފިޔާގެ ކުރިއެރުމެއް !

Jul 15, 2018

ފާއިތުވި ޖޫން މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 23 އިންސައްތަ ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް 2.89 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖޫން މަހު މިއަދަދުވަނީ 3.55 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 24 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އިން 15 އިންސައްތަ އަދި ސިންގަޕޫރުން 10 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު ހުސްވި ޖޫން މަހު %4 އިތުރުވެފައެވެ. މިއަހަރުގެ ޖޫން މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 223 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ ޖޫން މަަހު 215 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ފާއިތުވި ޖޫން މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 ޖޫން މަހާ އަޅާބަލާއިރު 46 އިންސައްތަ ވަނީ އިތުރުވެފައެވެ. 2017 ވަނަ އަހަރުގެ ޖޫން މަހު 422 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، 2018 ވަނައަހަރުގެ ޖޫން މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 616 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.

މިދިޔަ ޖޫން މަހު އެކްސްޕޯޓްކުރި މުދަލުގެ 27 އިންސައްތަ ޖަރުމަންވިލާތަށް އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާއާއި، ފަރަންސޭސްވިލާތް އަދި ތައިލެންޑަށް 11 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ. މީގެ އިިތުރުން ސުވިޒަލެންޑަށް 8 އިންސައްތަވަނީ އެކްސްޕޯޓްކުރެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355