twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން ދިރާގާއި ސްޕާކްހަބުން ބާއްވައިފި

Jul 22, 2018

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން ސީރީސް “އޭންޖަލްހެކް” ސްޕާކްހަބް އާއި ގުޅިގެން ދިރާގުން މިއަދު ފަށައިފި އެވެ.

ހޮޓެލް ޖެންގައި ކުރިއަށް ގެންދާ “އެންޖަލްހެކް މޯލްޑިވްސް” ހެކަތޯން އަކީ ދުނިޔޭގެ 150 އަށްވުރެ ގިނަ ގައުމުގެ 60 ސިޓީއެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ހެކަތޯން އެކެވެ.

ރާއްޖޭގައި މިހެކަތޯން ފެށިއިރު، ރާއްޖެއެކޭ އެއްވަގުތެއްގައި އެހެން ހަތަރު ގައުމެއްގައި ވެސް ކުރިއަށް އެބަ ގެންދެއެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހެކަތޯންގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 10،000 އަށްވުރެ ގިނަ ޑިވެލޮޕަރުން ބައިވެރިވާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވުނު “އެންޖަލްހެކް މޯލްޑިވްސް” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އިސްމާއިލް ރަޝީދު ވިދާޅުވީ، ޒުވާނުން ބާރުވެރި ކުރުމަކީ ދިރާގުގެ ސީއެސްއާރް ގެ އެންމެ މުހިންމު އެއް ކަންތައް ކަމަށާއި އަދި މިހެކަތޯން ގައި ދިރާގުން ބައިވެރިވުމުގެ މަގުސަދަކީ ދިވެހި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ އެމީހުންގެ ހުނަރުތައް ދައްކާލުމަށް އެހީތެރިވެ ދިނުން ކަމަށެވެ.

“މިހެކަތޯން ދިވެހި ޑިވެލޮޕަރުންނާއި ކޯޑުކުރާ މީހުންނަސް ދުނިޔޭގެ ހެކަލެރޭޓާ ޕްރޮގްރާމްތަކުގައި ހުނަރު ދައްކާލުމަށް ލިބޭ ޕްލެޓްފޯމަކަށް ވެގެން ދާނެ” ދިރާގުގެ ސީއީއޯ ވިދާޅުވިއެވެ.

ރާއްޖެއަށް މިހެކަތޯން ގެނައި ފަރާތް ކަމުގައިވާ ސްޕާކްހަބް ކުންފުނީގެ މެނޭޖިން ޕާޓްނަރ އަލީ ހާރިސް ވިދާލުވީ މިހާރި ރާއްޖޭގެ އައިޓީ އިންޑަސްޓްރީ ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށާއި މިއީ ރާއްޖޭގެ ޑިވެލޮޕަރުންނަށް އެމީހުންގެ ހުނަރު ރާއްޖެއިން ބޭރަށް ގެންދަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355