twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ އެއާޕޯޓް ރަންވޭ އެޅުމަށް ބޭނުންވާ 19018 މެޓްރިކް ޓަނުގެ ހިލަ އާއި ހިލަވެލި ގެނެސްފި

Jul 24, 2018

ކުޅުދުއްފުށީގައި ސަރުކާރުން ގާއިމްކުރާ އެއާޕޯޓްގެ މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ހިލަ އާއި ހިލަވެލި ގެނެސްފި އެވެ.

ސީދާ ޔޫއޭއީން ފުރައިގެން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް އައިސްފައިވާ އެމްވީ ހައިޑްރަސް ބޯޓްގައި ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތަށް ބޭނުންވާ 19018 މެޓްރިކް ޓަނުގެ ހިލަ އާއި ހިލަވެލި ގެނެސްފައިވެ އެވެ.

މިބޯޓް ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވަނީ މިމަހު 15 ވަނަ ދުވަހު އެވެ. ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ ހިލަ އާއި ހިލަވެލީގެ އިތުރު ނ މާފަރު އެއާޕޯޓަށް ބޭނުންވާ ތާރާއި އެހެނިހެން ސާމާނުވެސް މިބޯޓްގައި ގެނެސްފައިވެ އެވެ.

އެއާޕޯޓް ރަންވޭ ހެދުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހިފައިގެން އައި ބޯޓް ބަނދަރުކޮށްފަ–

މިތަކެތި ބޭލުމުގެ މަސައްކަތް ކުރަމުންދާއިރު މިބޯޓް ތިލަފުށީގެ އިތުރުން، އިތުރު ރަށެއްގައިވެސް ބަނދަރުކުރާނެ އެވެ. ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ކަނޑައެޅިފައިވާއިރު އެސަރަހައްދު ކޮމްޕެކްޓް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް ހެދުމަށް ފަޅުތެރެއިން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

އެއާޕޯޓަށް ހިއްކާފާއިވާ ސަރަހައްދުގެ ބިން އެއްވަރު ކުރުމާއި ޝޯވ ޕްރޮޓެކްސަންގެ މަސައްކަތް ކުރަމުންދާއިރު، އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެއާޕޯޓްގެ ރަންވޭ އެޅުމަށް ބޭނުންވާ ހިލަ–

ކުޅުދުއްފުށީ އެއާޕޯޓް މަސްރޫއުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި ޓެކްސީވޭއާއި އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަނެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355