twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮފީ އިވެންޓް 7 ސެޕްޓެމްބަރު ގައި

Jul 29, 2018

ދިރާގާއި ކޮފީ ލެބް ރޯސްޓަރސް އިން އިންތިޒާމު ކޮށްގެން ބާއްވާ ‘ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 – އަ ގެދަރިންގ ފޯރ ކޮފީ ލަވަރސް’ 07 ސެޕްޓެމްބަރު 2018 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ރަސްރަނި ބަގީޗާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓަކީ ރާއްޖޭގައި އާއްމުންނަށް ހުޅުވާލައިގެން ބައްވާ މިކަހަލަ އެއްމެ ބޮޑު ކޮފީ އިވެންޓެވެ.

މި އިވެންޓްގައި ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގެ އިތުރުން ރާއްޖޭގެ ތަފާތު ސްޕެޝަލްޓީ ކެފޭތަކާއި ބައްދަލުވެ އެތަންތަނުގެ ފަރާތުން އާއްމުންނަށް އެސްޕްރެސޯ، މެނުއަލް ބްރޫ، ސިގްނޭޗަރ ބެވަރޭޖް އަދި ކޮފީ ޓޭސްޓިން (ކަޕިންގ) ފަދަ ސްޕެޝިއަލްޓީ ކޮފީގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިގެނދާނެއެވެ.

ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް އަކީ ދުނިޔޭގެ މަޤުބޫލުކަން ލިބިފައިވާ ކޮފީ އިވެންޓެކެވެ. އެއްމެ ފުރަތަމަ 2010 ގައި ލަންޑަން ގައި ފެށި މިމުބާރާތް ކޮންމެ އަހަރަކުވެސް ތަފާތު ޤައުމެއްގެ ތަފާތު ސިޓީއެއްގައި ބާއްވައެވެ. މިއަހަރު ސިޑްނީގައި ބާއްވާ މުބާރާތުގައި ތަފާތު 50 ޤައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެއެވެ. މިމުބާރާތުން އެއްވަނައަށް ހޮވޭ މީހަކަށް ދީރާގުގެ އެހީގައި ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ވާދަކުރުމަށް އޮސްޓްރޭލިއާގެ ސިޑްނީ އަށް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ.

7 ސެޕްޓެމްބަރު ގައި މި އިވެންޓް ބޭއްވުމުގެ ކުރިން އޭރޯޕްރެސް އިން ކޮފީހެދުމުގެ ޕަބްލިކް ވޯކްޝޮޕް ތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މި ވޯކްޝޮޕްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ:

o 19 ޖުލައި – ފެމިލީރޫމް ކެފޭ (ހުޅުމާލެ)

o 16 އޮގަސްޓް – ފެމިލީރޫމް ކެފޭ (ހުޅުމާލެ)

o 30 އޮގަސްޓް – ދިރާގު ޕްރިމިއަރ ލައުންޖް (މާލެ)

ދިވެހި ވިޔަފާރި ތަކަށް ދިރާގުން ވަރަށްބޮޑަށް އެހީތެރިކަން ދެއެވެ. އަދި ދިވެހި ހުނަރުވެހިން ބާރުވެރިކުރުމާއި މިފަރާތްތަކަށް ދުނިޔޭގެ ބޮޑެތި ސްޓޭޖްތަކުގައި ތަމްސީލު ކުރުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް ދިރާގުން ވަރަށް އިސްކަން ދޭކަމެއްކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355