ޔޫރަޕުން އެތެރެކުރާ ގަނޑުކުރި މޭވާ އާއި ތަރުކާރީއަށް ސަމާލުވުމަށް އެދެފި

ނަބީލާ އިސްމާޢީލް - 2 މަސް ކުރިން - 7 އޯގަސްޓް 2018



‘ލިސްޓްރިއާ މޮނޯސައިޓޮޖެންސް’ ޖަރާސީމް އެކުލެވޭ ގަނޑުކުރި މޭވާ އާއި ތަރުކާރީ އިންޕޯޓް ކުރާކަން އަދިވެސް ފާހަގަ ކުރެވޭކަމަށާއި އެކަމަށް ސަމާވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

އެހެންކަމުން މި ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންޕޯޓުކުރާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި އުފެއްދުންތަކުގެ ހިރާސްއަށް ބަލައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް އެފްޑީއޭގެ އިއުލާނުގައިވެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޔޫރަޕުން އިންޕޯޓުކުރާ ގަނޑުކުރި ތަރުކާރީ އަދި މޭވާއަށް ހެލްތު ކުލިއަރެންސް ދިނުމަށް ހަމަޖެހިފައިވަނީ އިންޕޯޓުކުރާ ގައުމެއްގެ ކޮންފިޓެންޓް އޮތޯރިޓީއެއްގެ ފައިޓޯސެނިޓަރީ ސެޓްފިކެޓް ހުށަހެޅުމުންނެވެ.

އަދި މި ސެޓްފިކެޓް ހުށަނާޅާ ޝިޕްމަންޓްތަކަށް ހެލްތް ކުލިއަރެންސް ދެވޭނީ އިންޕޯޓްކުރާ ފަރާތުގެ އަމިއްލަ ހަރަދުގައި އެކްރޭޓް ކޮށްފައިވާ ލެބޯރަޓަރީއަކުން ތަހުލީލުކޮށް އެތަހުލީލުގެ ނަތީޖާ ހުށަހެޅުމުން އެއަށް ރިއާޔަތްކޮށް ބެލުމަށް ފަހުގައި ކަމަށް ވެސް މިނިސްޓްރީ އޮފް ހެލްތުން ހާމަކުރެއެވެ.


ގުޅުން ހުރި ލިޔުންތައް