twitterviber whatsapp telegramfacebookyoutube instagram
24th April 2024

އާބާދީ ކުޑަ ރަށެކޭ ކިޔާފަ ކޮށްދޭން ޖެހޭ ކަމެއް ކޮށްނުދީ ނުބާއްވާނަން: އިބޫ

Aug 13, 2018

ކޯލިޝަން ސަރުކާރެއްގައި ހިރިމަރަދޫގައި ކިތަންމެ ކުޑަ އާބާދީ އެއް އޮތަސް ކޮށްދޭންޖެހޭ ކަމެއް ކޮށްނުދީ ދޫނުކޮށްލާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު ހިރިމަރަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ 225 މީހުންގެ އެހެން ރަށަކަށް ބަދަލުވުމަށް ބޭނުންވެ ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅާފައިވާކަން އެނގިލައްވާކަމަށެވެ.

ނަމަވެސް އެއްވެސް ރައްޔިތަކަށް އެބަޔަކު ދިރިއުޅޭ ތަން ދޫކޮށް އެހެން ތަނަކަށް ބަދަލުވާން މަޖުބޫރު ނުކުރާނެކަމަށާއި އެކަން ނިންމާނީ މި ރަށުގެ ރައްޔިތުންކަމަށެވެ. 500 އެއް ހާ މީހުން ދިރިއުޅޭ ހިރިމަރަދޫގައި ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވި އެވެ.

ހދ. އަތޮޅުގައި މިވަގުތު ހިންގަމުން ގެންދަނީ 50 އެނދުގެ އެންމެ ރިސޯޓެއްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ހިރިމަރަދޫ ކައިރީގައި ހުރި ރަށްތަކުގައި ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލާނެ ކަމަށެވެ. އެއާއެކު ރަށާއި އާއިލާއާ ކައިރީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު މިސަރަހައްދުގެ ޒުވާނުންނަށް ލިބިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މިހާރަށްވުރެ ފަސޭހައިން އެއް ރަށުން އަނެއް ރަށަށް ފެރީގައި ދެވޭނެ ގޮތް ހަދަން ޖެހޭ ކަމަށާއި އެގޮތުން ރައްޔިތުންނަށް ފަސޭހަކަމާއެކު ރަށްރަށަށް ދަތުރުކުރުމަށް ފެރީގެ ހިދުމަތް ހަރުދަނާކުރައްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355