twitterviber whatsapp telegramfacebookyoutube instagram
20th April 2025

“އެވީ” ކެމްޕެއިނާއި އެކު އުރީދޫގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ޕްލެޓްފޯމްތަށް ދައްކުވައިދީފި

Aug 15, 2018

އުރީދޫ މޯލްޑިވްސްގެ “އެވީ” ކެމްޕެއިންގެ މަގްްސަދަކީ މި ޕްލެޓްފޯމް މެދުވެރިކޮށް ލިބޭ ފައިދާތަށް، ގިނަ ބޭފުޅުންނާއި ހަމައަށް ވާސިލްކޮށްދިނުމެވެ. ކެމްޕެއިން އަލިއަޅުވާލަދެނީ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކާއި ފުރުސަތުތަށް ގެނެސްދޭ އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތަކަށެވެ.

ވަރަށް ތަފާތު މިއުސިކަލް އެއް މެދުވެރިކޮށް “އެވީ” ކެމްޕެއިން ދައްކުވައިދެނީ އުރީދޫގެ ޑިޖިޓަލް ޕެލެޓްފޯމްތަކުގެ އެހީގައި، އާންމު ދިރިއުޅުމުގައި ދިމާވާ ބައެއް ދަތިތަށް ވަރަށް ފަސޭހަކަމާއި އެކު ހައްލު ކުރެވޭ ގޮތްތަކެވެ.

“އެވީ” ކެމްޕެއިން މެދުވެރިކޮށް އުރީދޫ އިން ޕްރޮމޯޓް ކުރަމުންދާ ޑިޖިޓަލް އާލާތްތަކަކީ:

• މައި އުރީދޫ ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެތާކު ހުރެގެން، ކޮންމެ ގަޑިއެއްގައިވެސް އުރީދޫގެ ޚިދުމަތް ބައްލަވައި، ޚިޔާރުކޮށް އަދި މެނޭޖްކުރެވޭނެއެވެ. ވެބްސައިޓް އަދި އެޕް މެދުވެރިކޮށް މައި އުރީދޫ ޕޯޓަލް ބޭނުން ކުރެވޭއިރު، މައި އުރީދޫ އަކީ ދިވެހިރާއްޖޭގައި ހަދާފައިވާ އެންމެ ގިނަ ބޭފުޅުން ބޭނުންކުރާ އެޕެވެ.

• މަގޭ ޕްލޭން މެދުވެރިކޮށް، އަމިއްލަ ބޭނުންތަކަށް އެންމެ އެކަށޭނެ ގޮތަކަށް، ޑޭޓާ، ކޯލް، އެސްއެމްއެސް، އަދި އައިޑީޑީ އެޑް-އޯން އަމިއްލައަށް ފަރުމާކޮށްލެވޭނެއެވެ. މައި އުރީދޫ އެޕް މެދުވެރިކޮށް ބޭނުންކުރެވޭ މި ހާއްސަ ހިދުމަތުގެ އެހީގައި، އެންމެ މަގްބޫލް އެޑް-އޯންތަށް އަދި ވަކި ބަޖެޓަކަށް އެންމެ އެކަށޭނެ އެޑް-އޯންތަށް ބައްލަވާލެވޭނެއެވެ. އަދި ގާތްތިމާގެ ބޭފުޅުންނާއި ރައްޓެހިންނަށް ހާއްސަކޮށް އެސްއެމްއެސް، ކޯލް، އަދި އައިޑީޑީ އެޑް-އޯން ފަރުމާކޮށް، ހަދިޔާވެސް ކުރެވޭނެއެވެ.

• އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބަރ ފަދަ މީސްމީޑިއާގައި އުރީދޫ އާއި ބެހޭ ތަފާތު މަޢުލޫމާތު ސާފުކޮށް، ހިދުމަތް ހޯދޭނެއެވެ.

• އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔުޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ.

އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ނުވަތަ ތަފާތު ހިދުމަތްތަކުގެ މަޢުލޫމާތު ހޯއްދެވުމަށް އުރީދޫ ވެބްސައިޓް އަދި އެޕަށް ޒިޔާރަތްކުރަށްވާ ނުވަތަ ފޭސްބުކް އަދި ވައިބާ މެދުވެރިކޮށް އުރީދޫ ނެކްސްޓްގެ އެހީ ހޯއްދަވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355