twitterviber whatsapp telegramfacebookyoutube instagram
21st December 2025

ނޯޓް9 އަށް ޕްރީ އޯޑަރ ކުރުމަށް ދިރާގުން ހުޅުވާލައިފި

Aug 16, 2018

ސެމްސަންގް ގެލެކްސީ ނޯޓް9 އަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

ނޯޓް9 އަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލާފައިވާއިރު ކޮންމެ ކަސްޓަމަރަކަށްވެސް ޕްރީ އޯޑަރ ކުރެވެނީ އެންމެ ފޯނަކަމަށާއި ކަސްޓަމަރުންނަށް އިންސްޓޯލްމެންޓް 1 އަހަރު ދުވަހަށް ބަހާލައިގެން ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ފޯނު ގަންނަ ފަރާތްތަކަށް 6 މަސްދުވަސް ވަންދެން މަހަކު ފަސް ޖީބީ ޑޭޓާ ލިބޭއިރު ޕްރީއޯޑަރ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކަސްޓަމަރުންނަށް އިސްކަންދޭ ތަރުތީބުން އޭކޭޖީ ބްލޫޓޫތު ސްޕީކަރެއް ހިލޭ ދޭން ނިންމާފައިވާ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

ގެލެކްސީ ނޯޓު9 ގެ ފޯނުތަކުގައި ތަފާތު 3 ކުލައެއް ހުންނައިރު، 128 ޖީބީ އާއި 512 ޖީބީގެ ފޯނު ލިބެންހުރެ އެވެ. ދިރާގުން ބުނީ ފޯނު ވިއްކާ އަގުތަކުގެ މަޢުލޫމާތު ދިރާގުގެ ވެބްސައިޓްގައި ލިބެންހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355