twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހާއްސަ ސީރިއަލް ބްރޭންޑެއް އެސްޓީއޯ ސުޕަމާރޓުން ތައާރަފްކޮށްފި

Aug 18, 2018

އޭސިޔާގައި މަޝްހޫރުކަން ހޯދަމުން އަންނަ ސިއްހަތަށް ފައިދާ ހުރި ސީރިއަލް ބްރޭންޑެއް ކަމަށްވާ ބެގްރީސް ބްރޭންޑްގެ އުފެެއްފުންތައް އެސްޓީއޯ ސުޕަމާރޓްއިން ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފިއެވެ.

ބެގްރީސް ކުންފުންޏަކީ އިންޑިއާގައި ސީރިއަލް އުފެއްދުމުގެ މަސައްކަތުގައި 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުންފުންޏެކެެވެ.

ބެގްރީސްގެ އުފެއްދުންތަކަކީ ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ ސީރިއަލް ބްރޭންޑްތަކާއި ހިލާފަށް އެއްވެސް އާޓިފިޝަލް މާއްދާތަކެއް ނުހިމަނާ ހަމައެކަނި ގުދުރަތީ ތަކެއްޗާއި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން އެތެރެކުރެވޭ ރޯމެޓީރިއަލްސް ހިމަނައިގެން އުފައްދާފައިވާ ކޮލެޓީ ރަނގަޅު ބްރޭންޑެކެވެ.

އަދި ބެގްރީސްގެ ހުރިހާ އުފެއްދުންތަކަކީވެސް ހަށިގަނޑަށް ބޭނުންވާ ފައިބާރގެ މާއްދާތަކުން މުއްސަނދި ކުރެވިފައިވާ އުފެއްދުންތަކެކެވެ.

އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި ބެގްރީސް ބްރޭންޑްގެ 25 އުފެއްދުމެއްވަނީ ބާޒާރަށް ނެރެފައެވެ. މީގެތެރޭގައި ކޯން ފްލެކްސްގެ 6 ވައްތަރަކާއި، ކުޑަކުދިންނަށް ހާއްސަ ޗޮކޯސްގެ 2 ވައްތަރަކާއި، އޯޓްސްގެ 8 ވައްތަރަކާއި، މިއުސްލީގެ 7 ވައްތަރެއްގެ އިތުރުން ޗިޔާ ސީޑްސް އާއި ކުއިނޯވެސް ހިމެނެއެވެ.

ބެގްރީސް ބްރޭންޑްގެ ހުރިހާ ބާވަތްތަކަކީވެސް މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެންހުރި އެންމެ އަގުހެޔޮ އަދި އެންމެ ކޮލެޓީ ރަންގަޅު އެއް ބްރޭންޑްކަންވެސް އެސްޓީއޯއިން ފާހަގަކުރެއެވެ.

ބެގްރީސް ބްރޭންޑްގެ ވައްތަރުތައް މިހާރުވެސް ހޯލްސޭލްކޮށް އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ލިބޭނެ ކަމަށާއި އަދި ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާރޓްގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންނާއި މާލެ އާއި އަތޮޅުތެރޭގައި ހުންނަ އާންމު ގިނަ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށްވެސްް އެސްޓީއޯއިން މައުލޫމާތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355