twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސްމާޓްފޯން މެދުވެރިކޮށް ޓީވީ ބެލުމަށް ހާއްސަ ޑޭޓާ ޕެކޭޖުތަކެއް !

Aug 18, 2018

ސްމާޓް ޑިވައިސްތައް މެދުވެރިކޮށް، ފަސޭހަކަމާއި އެކު އެންމެ މަގުބޫލު ޓިވީ ޗެނަލްތައް ބަލާލުމަށް މަގުފަހިކޮށްދޭ މީޑިއާނެޓްގެ އޯޕަން މައިޓީވީ އަށް ހާއްސަކޮށްގެން، އުރީދޫ ޑޭޓާ ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.

އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ އިތުވި އަހަރުތަކުގެ ތެރޭގައި، ޓީވީ ބެލުމުގެ އާދަކާދައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ގިނަ ބައެއް ޓިވީ ބަލަމުންގެންދަނީ އޮންލައިންކޮށް ސްޓްރީމް ކޮށްގެން ކަމަށެވެ.

“އޯޕަން މައިޓީވީ އަކީ ސްމާޓް ޑިވައިސްތަކުގައި، މީޑިއާނެޓްގެ 50 ޗެނަލް ލައިވްކޮށް ބަލާލުމަށް ދިވެހި ކަސްޓަމަރުންނަށް މަގުފަހިކޮށްދޭ، އީޖާދީ ޚިދުމަތެއް. މީޑިއާނެޓް އާއި ގުޅިގެން މިއަދު ތައާރަފްކޮށްފައިވާ އުރީދޫ ގެ ޑޭޓާ ޕެކްތަކުގެ އެހީގައި، މައިޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ ކަމުދާ ޗެނަލްތައް ބަލާލުން އިތުރަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑު ޔަގީން ކުރަން. މިފަދަ ޕާޓްނަރޝިޕްތަކާއި، އުފެއްދުންތެރި ޚިދުމަތްތައް މެދުވެރިކޮށް ދިވެހި ރައްޔިތުންގެ ޑިޖިޓަލް ޙަޔާތަށް އިތުރު ކުރިއެރުންތައް ގެނެސްދިނުމަށް އުރީދޫ އިން މަސައްކަތް ކުރަމުން ދާނަން.””

މީޑިއާނެޓްގެ ހެޑް އޮފް މާކެޓިން، ޒިހުނީ ރަޝީދު ވިދާޅުވީ އޯޕަން މައިޓީވީ ފޯރުކޮށްދިނުމުގައި އުރީދޫގެ ބައިވެރިވުމަކީ، ޓީވީ ބަލާލުމުގެ ތަޖުރިބާ ރަގަޅުކޮށް، އިތުރަށް ފަސޭހަކޮށްދިނުމަށް މީޑިއާނެޓުން ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

“ޕާޓްނާޝިޕްގެ ސަބަބުން އޯޕަން ޓީވީގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ކަސްޓަމަރުންނަށް އިތުރު ފައިދާ ލިބިގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.” ޒިހުނީ ވިދާޅުވި އެވެ.

އޯޕަން މައިޓިވީ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު މި ޕެކޭޖުތައް ހިޔާރު ކުރެވޭނެއެވެ. މިގޮތުން، އޯޕަން މައިޓީވީ އަކީ މީޑިއާނެޓްގެ އެންމެހާ ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ އެޕެކެވެ.

ސްމާޓްފޯން، ޓެބްލެޓް އަދި އެންޑްރޮއިޑް ޓީވީ ފަދަ ކޮންމެ ސްމާޓް ޑިވައިސްއެއް މެދުވެރިކޮށް މައިޓީވީ ތަޖުރިބާ ކޮށްލެވޭނެއެވެ. ގޫގްލް ޕްލޭ ސްޓޯ އަދި އެޕަލް ސްޓޯ މެދުވެރިކޮށްވެސް ޑައުންލޯޑު ކުރައްވައިގެން، ނުވަތަ www.openmitv.mv މެދުވެރިކޮށްވެސް މައިޓީވީ ބަލާލެވޭނެއެވެ. އަދި މީޑިއާނެޓްގެ ޔޫސާނޭމް އާއި ޕާސްވޯޑު ބޭނުން ކުރައްވައިގެން، ފަސޭހަކަމާއި އެކު އޮންލައިންކޮށް މައިޓީވީއަށް ރަޖިސްޓަރ ކޮށްލެވޭ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355