ސަތޭކަ އާއި 50 ޑޮލަރުގެ ވަރަށް ކޮލިޓީ ފޭކު ނޫޓުތަކެއް ދަައުރުވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކުން ސަމާލުވުމަށް އަންގައިފި އެވެ.
ރާއްޖޭގައި ދައުރުވަމުންދަނީ ވަރަށް ރަނގަޅު ކޮލަޓީއެއްގެ 100 އަދި 50 ގެ ފޭކު ނޫޓުތަކެއް ކަމުން އެކަން ބޭންކުގެ ސަމާލު ކަމަށް ގެންނަ އެމްއެމްއޭ އިން މި މަހުގެ 29 ވަނަ ދުވަހު ބޭންކްތަކަށް ސިޓީ ފޮނުވާފަ އެވެ.
އަދި މި ސިޓީގައި ދައުރުވާ ފޭކު ނޫޓުތައް ދެނެގަތުމަށް ކުރިޔަށް ވުރެ ބޮޑަށް ސަމާލުވެގެން ތިބުމަށާއި އެފަދަ ނޫޓުތައް އެމްއެމްއޭއަށް ފޮނުވަމުން ގެންދިޔުމަށް ވެސް ވަނީ އެދިފަ އެވެ.