twitterviber whatsapp telegramfacebookyoutube instagram
8th June 2025

އުރީދޫ އިން ރާއްޖޭގައި ގެލެކްސީީ ނޯޓް 9 ތައާރަފްކޮށްފި

Sep 1, 2018

ސެމްސަންގް ގެލެކްސީ ނޯޓް 9 ރާއްޖޭގައި ރަސްމީކޮށް ތައާރަފްކުރުމަށް އުރީދޫ އާއި ސެމްސަންގު ގުޅިގެން ހާއްސަ ހަފްލާއެއް ބާއްވާއިފިއެވެ.

ލައިވް މިއުޒިކް ޝޯ އަކާއި އެކު ކުރިއަށްގެންގޮސްފައިވާ މި ލޯންޗް އިވެންޓުގައި، އުރީދޫގެ ސީއީއޯ ނަޖީބް ޚާން، އަދި ސެމްސަންގް އިލެކްޓްރޯނިކްސްގެ ޖެނެރަލް މެނޭޖަރ އަދި ހެޑް އޮފް މޮބައިލް ބިޒްނަސްއާއި ޑައިރެކްޓަރ އޮފް މޮބައިލް، ވައި.ކޭ. ވަންގް ވަނީ ބައިވެރިވެފައެވެ.

ދުނިޔޭގައި ތައާރަފްކޮށްފައިވާ އެންމެ ބާރުގަދަ އެންޑްރޮއިޑް ފޯން ކަމަށް ގިނަބަޔަކު ގަބޫލުކުރާ، ސެމްސަންގ ނޯޓް 9 ބައްލަވައިގަތުމަށް، އުރީދޫ ކަސްޓަމަރުންނަށް ވަނީ ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ.

6 މަސް ދުވަހަށް ނުވަތަ 1 އަހަރަށް ބަހާލެވިފައިވާ މި ޕެކޭޖުތައް މެދުވެރިކޮށް، މަހަކު 5 ޖީބީ އާއި ހަމައަށް ހިލޭ ޑޭޓާ ލިބި، ވަރަށް އަގުހެޔޮކޮށް ފޯނު ބައްލަވައިގަނެވޭނެއެވެ.

ސެމްސަންގް އާއި އެކު ގެލެކްސީ ނޯޓް 9 ރާއްޖޭގައި ލޯންޗުކޮށް، މި ފޯނު ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް ފަސޭހަކޮށްދޭ ހާއްސަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއްވެސް އުރީދޫ އިން ވަނީ ތައާރަފްކޮށްފައެވެ.

1،999 ރ.ގެ އަޕްފްރަންޓް ފީ އަކާއި އެކު އުރީދޫ ޕޯސްޓްޕެއިޑް ބޭނުންކުރައްވާ ނުވަތަ ހިޔާރުކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް މި އިންސްޓޯލްމަންޓް ޕެކޭޖް ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355