twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދިރާގު ޓީވީ އަދި ދިރާގު ޓީވީ އެޕް މެދުވެރިކޮށް ސާފް ޗެމްޕިއަންޝިޕް 2018 ވަގުތުން ބަލާލެވޭނެ

Sep 5, 2018

ދިރާގު ޓީވީ މެދުވެރިކޮށް މޯބައިލް ފޯނު ނުވަތަ މޯބައިލް ޑިވައިސް ބޭނުންކޮށްގެން ނުވަތަ ޓީވީއިން ސާފް ސުޒުކީ ކަޕް 2018 ބެލޭނެގޮތް ހަމަޖައްސައިފި އެވެ.

ދިރާގު ޓިވީގެ ޗެނަލް ނަންބަރ 106 (ޑީސްޕޯރޓްސް) އިން މި މުބާރަތް ވަގުތުން ބަލާލެވޭނެއެވެ.މި މުބާރާތަކީ ދިވެހި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމް ބައިވެރިވާ އެންމެ ފޯރިގަދަ އަދި އެންމެ ސަރަފުވެރި އެއް މުބާރާތެވެ. އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ނޭޕާލް އަދި ޕަކިސްތާނެވެ. ރާއްޖޭގެ ގައުމީ ޓީމު ކުޅޭ އެންމެ ފުރަތަމަ މެޗް އޮތީ މި ހަފުތާގެ ހުކުރު ދުވަހުގައިއެވެ.

ދިރާގު ޓީވީ އެޕް މެދުވެރިކޮށް ސާފް ޗެމްޕިއަންޝިޕް 2018 ބައްލަވަން ބޭނުން ފުޅުވެލައްވާނަމަ ދިރާގު ޓީވީ އެޕްގައި ޔޫސަރނޭމް އާއި ޕާސްވޯޑަށް “play” ޖެއްސަވައިގެން ބައްލަވާލެވޭނެއެވެ.

ދިރާގުން ބުނި ގޮތުގައި ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ހާއްސަ ޖޯއިބޮކްސްއެއް ބައްލަވާގަންނަވާކަށް ނުޖެހޭނެއެވެ.

ދިރާގު ޓީވީ ތައާރަފް ކުރިތާ ވީ އެއް އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ 41 ރަށުގައި ދިރާގު ޓީވީ ހިދުމަތް ވަނީ ތައާރަފް ކޮށްފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355