twitterviber whatsapp telegramfacebookyoutube instagram
19th February 2026

ފޯކައިދޫގެ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ބަދަލުކޮށްފި

Sep 16, 2018

ށ ފޯކައިދޫ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑި އިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށް އިއްތިހާދުގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިތާ 24 ގަޑި އިރު ނުވަނީސް އެ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކޮށްފި އެވެ.

މި މަހު 13 ވަނަ ދުވަހު ހެލްތު މިނިސްޓްރީ ފޯކައިދޫ ސިއްހީ މަރުކަޒަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވާ ގޮތުން 13 ސެޕްޓެމްބަރ 2018 އިްނފެށިގެން 24 ގަޑިއިރުގެ ލެެވެލް 3 ގެ ސިއްހީ މަރުކަޒެއްގެ ގޮތުގައި އެރަށުގެ ސިއްހީ މަރުކަޒު ހެދުމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ހަމަޖައްސާފަ ކަމަށާއި އެހެންކަމުން ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.

އިއްތިހާދުގެ ކެޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް ފޯކައިދޫއަށް މި މަހު 12 ވަނަ ދުވަހު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކޮށް ގިނަ ވައުދުތަކެއް ވަނީ ވެވަޑައިގެންފަ އެވެ.

އެގޮތުން ފޯކައިދޫ ހެލްތް ސެންޓަރު 24 ގަޑިއިރު ހިދުމަތްދޭ ތަންނަކަށް ބަދަލުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވިގެންދާނެ ކަމަށާއި އެރަށުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރައްވާނެކަމަށްވެސް ވަނީ ވިދާޅުވެ ފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355