ކުޅުދުއްފުށީގައި އިތުރު ފިއުލް ޝެޑެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި އިއްޔެ ހުޅުވި މި ފިއުލް ޝެޑަކީ ޕްރިމިއަމް ގޭސް އޮއިލް ކޮމްޕެނީގެ ފިއުލް ޝެޑެކެެވެ.
އެ ކޮމްޕެނީގެ އެމްޑީ އިބްރާހިމް ހަސަން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މި ޝެޑުން މި ވަގުތު ހަމަ އެކަނި ލިބެން ހުންނާނީ ޕެޓްރޯލް އެކަނި ކަމަށާއި ނަމަވެސް ވަރަށް އަވަސް މުސްތަގުބަލެއްގައި އެހެން ބާވަތްތަކުގެ ތެޔޮ ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
މި ވަގުތު ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދަނީ 12.31 ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް ތެޔޮ ވިއްކަމުން ދާނީ ކުޅުދުއްފުށިން ތެޔޮ ވިއްކާ އެހެންތަންތަނާއި އެއް އަގެއްގައި ކަމަށް ވެސް އިބްރާހިމް ބުންޏެވެ.
މީގެ ކުރިން ކުޅުދުއްފުށީގައި ފިއުލް ޝެޑެއް ހުޅުވައިގެން ތެޔޮ ފޯރުކޮށް ދެމުން އަންނަނީ އެތުމާއިންނެވެ