twitterviber whatsapp telegramfacebookyoutube instagram
19th March 2026

ފިނޭ، ވީއެސްއާރުސީ ވޮލީބޯޅަ މުބާރާތުގައި 10 ޓީމަކުން ބައިވެރިވެއްޖެ

Oct 2, 2018

ހދ. ފިނޭ، ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ ފިރިހެން ވޮލީބޯޅަ މުބާރާތުގައި މިއަހަރު 10 ޓީމަކުން ބައިވެރިވެއްޖެ އެވެ.

ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގައި ފިނޭގެ އިތުރުން 8 ރަށަކުން ބައިވެރިވެފައިވެ އެވެ. އެއީ ނޭކުރަންދޫ، ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް، ވައިކަރަދޫ (ވާޑްސް)، ނާވައިދޫ، ހަނިމާދޫ، ނޮޅިވަރަމް، ކުޅުދުއްފުށި އަދި ކުމުންދޫ އެވެ. ފިނޭން މިމުބާރާތުގައި ދެ ޓީމެއް ނިކުމެ އެވެ. އެއީ ފިނޭ ފްރެންޑްސް އާއި ކުލަބު ބެސްޓް ފެމެލީ އެވެ.

ނޮވެމްބަރު 21 ގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިދިޔަ ދެ އަހަރުވެސް ކުރިއަށްގެންގޮސްފައިވެ އެވެ.

މިިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހދ ނޮޅިވަރަމް ޓީމެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރި ވެފައިވާއިރު ޗެމްޕިއަން ޓީމަށް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355