twitterviber whatsapp telegramfacebookyoutube instagram
29th October 2025

ސްކޫލުތަކުން އެންމެ މޮޅެތި ނަތީޖާ ހޯދާ ދަރިވަރުންނަށް ހދ އަތޮޅު ކައުންސިލުން ޓްރޮފީ ދެނީ

Oct 9, 2018

ހދ އަތޮޅު ކައުންސިލުން ހދ އަތޮޅުގެ ސްކޫލްތަކުގެ އެންމެ މޮޅެތި ދަރިވަރުންނަށް ޓްރޮފީ ދޭން ފަށައިފި އެވެ. އެދަރިވަރުންނަށް ޓްރޮފީ ދެނީ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިންނެވެ.

ކައުންސިލުން އަލަށް ފެށި މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް އަލީ ވިދާޅުވީ ޓްރޮފީ ދޭން ނިންމީ ތައުލީމީ ގޮތުން ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ ދަރިވަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ ޓްރޮފީ ދެނީ އެކަމަށް އެދި ހުށައަޅާ ސްކޫލުތަކަށް ކަމަށާއި މިހާތަނަން 10 ސްކޫލަކަށް 36 ޓްރޮފީ ދީފައިވާކަމަށެވެ

އަހަރީ އިނާމު ދިނުމުގެ ޖަލްސާތަކަށް ޓްރޮފީ ދޭން ކައުންސިލުން ފަށާފައިމިވަނީ، އެކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ތިލަދެކުނު ޝަރަފުވެރިކަމުގެ އިނާމު 3 އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމާފައިވަނިކޮންނެވެ.

މިހާތަނަށް ޓްރޮފީ ދީފައިވާ ސްކޫލުތަކަކީ އަފީފުއްދީން ސްކޫލް، ޖަލާލުއްދީން ސްކޫލް، ކުމުންދޫ ސްކޫލް، ނާވައިދޫ ސްކޫލް، ފިނޭ ސްކޫލް، ނޮޅިވަރަމް ސްކޫލް، ހަނިމާދޫ ސްކޫލް، ނޮޅިވަރަމްފަރު ސްކޫލް އަދި ނެއްލައިދޫ ސްކޫލްގެ އިތުރުން ކުރިނބީ ސްކޫލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355