twitterviber whatsapp telegramfacebookyoutube instagram
19th April 2024

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހާ އާޅާ ބަލާ އިރު މިއަހަރު އިމްޕޯޓު ކުރިވަރު އިތުރުވެއްޖެ

Oct 11, 2018

ފާއިތުވި ސެޕްޓެމްބަރ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 28 އިންސައްތަ އިތުރު ވެއްޖެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ދިވެހިރާއްޖެއަށް 2.94 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ ސެޕްޓެމްބަރ މަހު މި އަދަދު ވަނީ 3.78 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 18 އިންސައްތަ ޗައިނާ އިން އިމްޕޯޓްކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 15 އިންސައްތަ އަދި ސިންގަޕޫރުން 11 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާއި އަޅާބަލާއިރު ހުސްވި ސެޕްޓެމްބަރ މަހު %20 އިތުރުވެފައެވެ. މިއަހަރުގެ ސެޕްޓެމްބަރ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 264.78 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ލިބިފައިވަނީ 219.85 މިލިއަން ރުފިޔާ އެވެ.

ފާއިތުވި ސެޕްޓެމްބަރ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 124 އިންސައްތަ ވަނީ އިތުރުވެފައެވެ. 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 156.61 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ ސެޕްޓެމްބަރ މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރަކީ 350.46 މިލިއަން ރުފިޔާއެވެ. ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ސެޕްޓެމްބަރ މަހު އެކްސްޕޯޓްކުރި މުދަލުގެ 23.5 އިންސައްތަ ޖަރުމަނު ވިލާތަށް އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާއަށް 11.9 އިން ސައްތަ، ތައިލެންޑަށް 11.8 އިންސައްތަ އަދި ފަރަންސޭސި ވިލާތަށް 11.4 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355