twitterviber whatsapp telegramfacebookyoutube instagram
30th March 2026

ކުޅުދުއްފުށީގައި ބާއްވާ ފޯރިގަދަ އަންހެން ފުޓްސަލް މުބާރާތް އަންނަ ނޮވެމްބަރުމަހު، ބައިވެރިވުމަށް ހުޅުވާލައިފި !

Oct 15, 2018

ކުޅުދުއްފުށީގައި ބާއްވާ ފޯރިގަދަ އަންހެން ފުޓްސަލް މުބާރާތް ނޮވެމްބަރުގައި ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ގިނަ ކުޅިވަރު މުބާރާތްތަކެއް އިންތިޒާމްކުރަމުން އަންނަ ޑަބުލިއު ސްޕޯޓްސް އެކަޑަމީން ބާއްވާ މިމުބާރާތް މިއަހަރުވެސް ވަނީ މުޅި ރާއްޖެއަށް ހުޅުވާލާފަ އެވެ.

ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާ ލިބޭ މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު މިމަހު 22 ގެ ކުރިން ޓީމް ލިސްޓް ހުށަހަޅަން ޖެހެ އެވެ. މިމުބާރާތް ފަށަން ތާވަލްކޮށްފައިވަނީ އަންނަ ނޮވެމްބަރުމަހު 3 ވަނަ ދުވަހު އެވެ.

ވަރަށް ފޯރިގަދަކޮށް ކުރިއަށްދާ މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކޭވައިއާރުސީ އެވެ. މިމުބާރާތާ ބެހޭ އިތުރު މައުލޫމާތު 9151509 ގުޅުއްވުމުން ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355