twitterviber whatsapp telegramfacebookyoutube instagram
16th September 2025

ސިޔާސީ ބައެއް ބޭފުޅުންނަށް އުނދަގޫވާ ކަންކަން ކުރެވިފައި ހުންނާނެ, އެ ފިޔަވަޅުތައް އެޅީ ދައުލަތުގެ ހައްގުގަ

Oct 17, 2018

އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ބައެއް ބޭފުޅުންނަށް އުނދަގޫވާ ކަންކަން ކުރެވިފައި ހުންނާނެކަމަށާއި އެކަމަކު އެ ފިޔަވަޅުތައް އެޅީ ދައުލަތުގެ ހައްގުގައިކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ގައުމާ މުހާތަބުކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ބައެއް ބޭފުޅުންނަށް އުނދަގޫވާ ކަންކަން ކުރެވިފައިވަ ހުންނާނެކަމަށާއި ނަމަވެސް އެކަން ފިޔަވަޅުތައް އެޅީ ދައުލަތުގެ ހައްގުގައި، އެތަށް ލައްކަ ރައްޔިތުންގެ ހައްގުގަކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ހުރިހާ ސިޔާސަތެއްގެ އަސްލަކީ ގައުމުގެ ސަލާމަތްކުރުން ކަމަށާއި މިކަމުގައި ސިޔާސީ ބައެއް ބޭފުޅުންނަށް އުނދަގޫވާ ކަންކަން ކުރެވިފައި ހުންނާނެކަމަށެވެ. އަދި އެކަމަކު އެ ފިޔަވަޅުތައް އެޅީ ދައުލަތުގެ ހައްގުގައި އެތައް ލައްކަ ރައްޔިތުންގެ ހައްގުކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ނުކުޅެދުންތެރިކަމަކީ މީހުން ދަސްނުވުންކަމަށާއި މީހުންގެ ވިސްނުން ބަދަލުވަނީ ކޮން ނުފޫޒަކުން ކަމެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އަމިއްލަ މަސްލަހަތު ކުރިއަށް ގައުމުގެ މަސްލަހަތު ކުރިއަށް ނެރެވުނުތަކެއް އެމަނިކުފާނުގެ ވެރިކަމުގެ ފެނިވަޑައިގެންފައިނުވާކަމަށެވެ.

ދިވެހި ރައްޔިތުންނަކީ މައުސޫމް ބައެއްކަމަށާއި އެކަމަކު އިސްކޮށް ތިބި މީހުން އަމިއްލަ މަސްލަހަތު އިސްކުރާ ނަމަ ގައުމަށް ކުރިއެރުމެއް އަދި ހަމަޖެހުމެއްވެސް ނާންނާނެކަމަށް ރައީސް ވިދާޅުވި އެވެ. އެހެންނަމަވެސް ފެންނަމުން ދަނީ އަމިއްލަ މަސްލަހަތު އިސްކޮށްގެން އުޅޭތަން، އެމަނިކުފާނު ހުރިހާ ކަމެއް ވެސް ކުރީ އުސޫލުގެ ތެރެއިންކަމަށާއި އެ ކަންކަން ބަދަލުވާ ތަން ފެނުމުން ކަންބޮޑުވެވަޑައިގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“އަޅުގަނޑާ ދޭތެރޭ ގޮތެއް ނިންމަވާއިރު ގައުމުގެ ހާލަތު ބަދަލުކުރެވިއްޖެތޯ، އިޖުތިމާއީ، އިގްސާދީ، ހާލަތު ރަނގަޅު ވިތޯ ވިސްނެވުން އެދެން. އަދި ގާނޫނީ ގޮތުން ހަމަހަމަކޮށް ކަންކަން ކުރުމަށް އަޅުގަނޑު ލޯބިކުރިންތޯ” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތްކަމަށާއި އެމަނިކުފާނު އައީ ގާނޫނު ތަންފީޒުކޮށްދީ ގާނޫނީ އިމުގެ ތެރެއިންކަންކަން ކުރުމަށް ކަމަށް ވިދާޅުވި އެވެ. އަދި އެކަމާ ކަންބޮޑުވާ ތިބި ބަޔަކު ތިބި ނަމަ އެކަމާ ކުރެވޭނެ ކަމެއް ނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355