twitterviber whatsapp telegramfacebookyoutube instagram
11th November 2026

އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި

Oct 20, 2018

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން އެސްޓީއޯއިން ބާޒާރުގައި ތެޔޮ ވިއްކާ އަގަށް ބަދަލު ގެންނަށް ނިންމައިފި އެވެ.

އިއްޔެއިން ފެށިގެން އެސްޓީއޯއިން ތެޔޮ ވިއްކާ އަގަށް ބަދަލު ގެނެސްފައި ވާއިރު މިހާރު ޑީސަލް ލީޓަރެއް ލިބޭނީ 12.09 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް 11.39 ރުފިޔާއަށެވެ.

އެގޮތުން މިހާރު ކުރިން ލިބޭއަގަށް ވުރެ ޑީސަލް ލީޓަރަކުން 66 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 42 ލާރި ބޮޑު ވާނެއެވެ.

އެސްޓީއޯއިން މި އަހަރު މެއި މަހު ތެރޭގައިވެސް ވަނީ ޕެޓްރޯލް އާއި ޑީސަލްގެ އަގު ބޮޑުކޮށްފަ އެވެ،

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293