twitterviber whatsapp telegramfacebookyoutube instagram
14th September 2026

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މުޅި އައްޑޫ ސިޓީ އަށް

Oct 27, 2018

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް މިއަދު ތައާރަފްކޮށްފިއެވެ.

މިއާއި އެކު އުރީދޫއިން ވަނީ އައްޑޫ ސިޓީގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަރ އެއް ތައާރަފް ކޮށްފައެވެ. އަދި އައްޑޫގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫ އިން ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް އެކްޓިވޭޝަން ފީ އެއް ނުވަތަ ޑެޕޮސިޓެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައި އެވެ.

2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތަށް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ

ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.

ސުޕަރނެޓްގެ ހިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/sn އަށް ޒިޔާރަތްކުރައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293