twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިބޫއާ ބައްދަލުވެ މަޝްވަރާކުރެއްވުމުން އިހްސާސްވީ ރައްޔިތުންނާ ގާތް ބޭފުޅެއްކަން: ހދ އަތޮޅު ކައުންސިލް

Oct 29, 2018

އިންތިހާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިޙް އާއި ބައްދަލުވެ މަޝްވަރާކުރެއްވުމުން ރައްޔިތުންނާ ކައިރިން ވެރިކަންކުރާނެ ފަރާތެއްކަމުގެ އިހްސާސް ވަރަށް ބޮޑަށް ކުރެވުނުކަމަށް ހދ އަތޮޅު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިޙް އާއި ބައްދަލުކުރެއްވުމަށް އަތޮޅު ކައުންސިލުން މެމްބަރުން މާލެއަށް ކުރި ދަތުރަށް ފަހު ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނާ ބައްދަލުވެ މަޝްވަރާކޮށްލުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެންމެ ބޮޑަށް އިހްސާސްކުރެވުނީ އެމަނިކުފާނަކީ ރައްޔިތުންނާ ގާތުން ވެރިކަން ކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑު އުންމީދަކީ ރައްޔިތުންނާ ކައިރިން ވެރިކަން ކުރާ މީހަކު އަޅުގަނޑުމެންނަށް ލިބުނުކަން. އެ އިހްސާސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ކުރެވުނު.” އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އިބުރާހިމް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިބައްދަލުވުމުގައި އަތޮޅުގެ ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް އިންތިހާބީ ރައީސް އާ ހިއްސާ ކުރެއްވިކަމަށެވެ. އެގޮތުން ތައުލީމީ، ސިއްހީ، އަދި އަސާސީ ހިދުމަތްތައް ހިމެނެ އެވެ. މިބައްދަލުވުމުގައި އެ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް، ތަރައްގީކުރުމާ ބެހޭގޮތުން ވާހަކަދެއްކެވި ކަމަށް އިބުރާހިމް ވިދާޅުވި އެވެ.

އަތޮޅުގެ ހުރިހާ ރަށަކީވެސް ބަނދަރެއް ހެދިފައިވާ ރަށެއްވިޔަސް އެބަނދަރުތަކުގެ ބޭނުން އެންމެ އެދޭވޭގޮތުގައި ހިފެމުންނުދާ ކަމަށެވެ. މައިގަނޑު ގޮތެއްގައި ދެއްކީ އެފަދަ މައްސަލަތައް ހައްލުކުރުމާ ބެހޭގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އިބުރާހިމް އަލީ ވިދާޅުވީ އިންތިހާބީ ރައީސްގެ ފަރާތުން ވަރަށް އެދެވޭ ޖަވާބުތަކެއް ލިބިގެންދިޔަ ކަމަށެވެ. އަދި އެމަނިކުފާނާ ބައްދަލުވުމުން އުންމީދުތައް އާވެގެންދިޔަކަމަށެވެ.

އިބުރާހިމް މުހައްމަދު ސޯލިޙް އާއި ބައްދަލުކުރެއްވުމަށް މާލެއަށް ކުރެއްވި ދަތުރުގައި އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355