twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބައިސްކަލެއް ގަނެގެން ރަށުޕިކަޕެއް ލިބޭ ޕްރޮމޯޝަނެއް ބެސްޓް ބަޑީން ފަށައިފި

Nov 1, 2018

ބެޓެރީ ވެހިކަލް އާއި ބައިސްކަލް ވިޔަފާރީގައި މަޝްހޫރު ބެސްޓް ބަޑީއިން ބައިސްކަލެއް ގަނެެގެން އިނާމަކަށް ރަށުޕިކަޕެއް ލިބޭ ޕްރޮމޯޝަނެއް “ބެސްޓް ބަޑީ” އިން ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެމްބަރ އިން 31 ޑިސެމްބަރގެ ނިޔަލަށެވެ.

މި މުއްްދަތުގައި ބެސްޓް ބަޑީއިން ބައިސްކަލު ބައްލަވައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ ކަމަށް ބެސްޓް ބަޑީން ބުނެ އެވެ.

ބެސްޓް ބަޑީގެ އޯނަރު އިބުރާހިމް ރަޝީދު ވިދާޅުވީ މި ޕްރޮމޯޝަންތެރޭގައި ބައިސްކަލްގެ އަގުތައް ހުންނާނީ އަތްފޯރާ ފަށަށް ތިރިކޮށްފައިކަމަށާއި، އަދި ތަފާތު ޑިޒައިންތަކުގެ އެކި އުމުރުފުރާއިގެ ކުޑަކުދިންނާއި، ޒުވާން އުމުރު ފުރާގެ ދެ ދިންސްެގެ ކުދިންނާއި، ބޮޑެތި މީހުންނަށް ހެޔޮވަރު ސައިޒްގެ ރީތި ބައިސްކަލް ލިބެން ހުންނާނެކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.

އެގޮތުން 500 ރ އިން ފެށިގެން 1600 ރ އާއި ދެމެދުގެ އަގުތަކުގައި ތަފާތު ސައިޒްގެ ބައިސްކަލް ޕްރޮމޯޝަންތެރޭގައި ލިބެން ހުންނާނެކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަވައިގެން ބައިސްކަލް ބައްލަވައިގެން ކަމުގައިވިޔަސް ޕްރޮމޯޝަންގައި ދޫކުރާ ކޫޕަން ލިބޭނެކަމަށާއި، އަދި މާލޭ ބަނދަރުގައި އޮންނަ އެ ރަށެއްގެ ބޯޓާ ހަމައަށް ބައިސްކަލް ފުރީކޮށް ޑެލިވަރީކޮށްދިނުމުގެ އިންތިޒާމު ބެސްޓް ބަޑީއިން ހަމަޖައްސައިދޭނެ ކަމަށާއި ހއ.ހދ. އަދި ށ. އަތޮޅުގެ ރަށްރަށަށް ފެރީ ނިޒާމުގެ ތެރެއިން ބައިސްކަލް ކަސްޓަމަރ އާއި ހަމައަށް ޑެލިވަރީކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.

ބެސްޓް ބަޑީގައި ހުރި ވެހިކަލުތަކެއް–

ބެސްޓް ބަޑީއިން ބައިސްކަލެއް ބައްލަވައިގަންނަން ބޭނުންފުޅުވާނަަމަ ގުޅުއްވާނީ 9907010، 9161241، 9863713 އާއި އެވެ.

ބެސްޓް ބަޑީ ފާހަގަކުރެވިފައި ކުރުމުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދާފައިވާ ފިހާރައެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެ. ތައުލީމީ ދާއިރާއަށް ގިނަ އެހީތައްވެސް ބެސްޓް ބަޑީން އަންނަނީ ފޯރުކޮށްދެއްމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355