ރައީސް ނަޝީދު މާދަމާ ހއ ދިއްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މަރުހަބާ ދެންނެވުމަށްޓަކައި ދިއްދޫގެ ރައްޔިތުން ދަނީ ތައްޔާރުވަމުންނެވެ.
ރައީސް ނަޝީދު ބޮޑު ތިލަދުންމައްޗަށް ކުރެއްވުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ފުރަަތަމަ ދިއްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ.
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށްޓަކައި ދިއްދޫގެ ބަނދަރުގައި ދިދަފަތި ދަމާ އެސަރަހައްދުގައި ޖަޒީރާ ޕާކެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ ރޭ ހާއްސަ ޖާފަތެއްވެސް ވަނީ ބޭއްވުމަށް ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ދިއްދޫގެ ކައުންސިލަރުންނާއި ރަށުގެ އެކި މުއައްސަސާތަކަށް ޒިޔާރަތް ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.