twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިބޫގެ ސަރުކާރުގައި ދަރިވަރުންނަށް ހެނދުނު ނާސްތާއާއި ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު

Nov 13, 2018

މަތީ ތައުލީމު ފޯރުކޮށްދިނުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން މަތީ ތައުލީމު ހިލޭ ފޯރުކޮށް ދިނުމަށް 50 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނައިފި އެވެ.

ބަޖެޓްގައި ހިމަނާފައިވަނީ ފުރަތަމަ ޑިގްރީއާ ހަމައަށް ރާއްޖެއަށް ކިޔެވުމާއި ހަމައަށް ހިނގާ ހަރަދު ދައުލަތުން ހަމަޖައްސައިދިނުމަށް އަންނަ އަހަރު 50 މިލިއަން ހަރަދު ކުރުމަށެވެ.

2020 އަހަރާއި 2021 ވަނަ އަހަރަށް ލަފާކޮށްފައިވަނީ 175 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެވެސް ބަޖެޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ފޯރުކޮށް ދިނުމަށް 50 މިލިއަން ރުފިޔާވެސް ބަޖެޓްގައި ހިމަނައިފައިވެއެވެ. މިއީވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެކެވެ.

އެގޮތުން ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމަށް އަންނަ އަހަރު 50 މިލިއަން އަދި 2020 އަހަރާއި 2021 ވަނަ އަހަރަށް ލަފާކޮށްފައިވަނީ 264 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެ ކަމަށް ބަޖެޓުގައި ހިމަނާފައި ވެއެވެ.

ހިލޭ ޑްރީއަށް ކިޔަވާ ދިނުމާއި ބެހޭގޮތުން އިބޫ ވިދާޅުވީ މިހާރު ވެސް ބޮޑެތި ލޯނުތައް ނަގައިގެން ދިވެހި ދަރިވަރުން އެކި ގައުމުތަކުގައި ތައުލީމް ހާސިލް ކުރަމުންދާ ކަމަށާއި އޭނާ ތައާރަފްކުރާ ލުއި ލޯނު ސްކީމް ތައާރަފްކުރުމާއެކު މިހާރު ކިޔަވާ ދަރިވަރުންނަށް ވެސް އޭގެ ތެރެއަށް ވަނުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ހިލޭ ކިޔެނޭ ގޮތް ހަދައިދެއްވާ އަދި ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އިންޓްރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފްކުރައްވާނެކަން އިބޫ ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355