twitterviber whatsapp telegramfacebookyoutube instagram
15th July 2026

އަންހެން ފުޓްސަލް މުބާރާތުގެ ތަށި އަމީރު އަމީން ސްކޫލު އުފުލާލައިފި

Nov 14, 2018

ޑަބުލިއު ސްޕޯޓްސްގެ އަންހެން ފުޓްސަލް މުބާރާތުގެ ތަށި އަމީރު އަމީން ސްކޫލު އުފުލާލައިފި އެވެ.

އަމީރު އަމީން ސްކޫލް ޓީމް ފައިނަލަށް ގޮސްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ނެވެ. ފައިނަލް މެޗް ކުޅެފައިވަނީ އިއްޔެ ހަވީރުއެވެ. ފައިނަލު މެޗްގައި އައްޒަ77 އާއި ބައްދަލުކޮށް އަމީރު އަމީން ސްކޫލް މެޗް ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ މަގާމު ހޯދީ، އަމީރު އަމީން ސްކޫލުގެ އާމިނަތު ޝާމިލާ، ރިސްމާ އަބްދުﷲ، ސުހާނާ އަހުމަދު، އައްޒަ77ގެ ސަފިއްޔާ ރަފާ އަދި ސަންވީލާ އިމާދެވެ.

މި މިމުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ އަމީރު އަމީން ސްކޫލްގެ އާމިނަތު ޝާމިލާ އެވެ. އޭނާވަނީ މި މުބާރާތުގައި 20 ގޯލް ޖަހާފައެވެ.

ފެއާރ ޕުލޭ ޓީމަކަށް ހޮވިފައިވަނީ އޭއީސީގެ ޓީމެވެ.

މި މުބާރާތުގައި މިފަހަރު ބައިވެރިވެފައިވަނީ ޖުމްލަ 7 ޓީމަކުންނެވެ. ބައިވެރިވެފައިވާ ޓީމް ތަކަކީ ކޭވައިއާރުސީ، އައްޒަ77، އަމީރު އަމީން ސްކޫލް، އަފީފުއްދީން އެސްއާރުސީ، މަގުލަސް ކްލަބް، ކްލަބު ކޮރަލްސް، އަދި ޓީމް އެއީސީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355