twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ބަސީރު އެކަޑަމީގެ ފުރަތަމަ ފުޓްސަލް މުބާރާތް އަންނަ ޖެނުއަރީމަހު!

Nov 15, 2018

ބަސީރު އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް އަންނަ ޖެނުއަރީމަހު ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ބާއްވަން ނިންމާފައިވާ މި ފުޓްސަލް މުބާރާތްތަކީ ފިރިހެނުންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.

ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖް ނަމުގައި ބާއްވާ މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު ޕްލޭގުރައުންޑް ފިހާރައިން ފޯމު ލިބެން ހުންނާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

20 ޓީމު ބައިވެރިކުރާގޮތަށް ބާއްވާ މ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ޑިސެންބަރުމަހުގެ 15 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

އަންނަ ޖެނުއަރީމަހުގެ 11 ވަނަ ދުވަހު ބާއްވާ މިމުބާރާތާ ބެހޭ އިތުރު މައުލޫމާތު 7717666 ގުޅުމުން ލިބިގެންދާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355