twitterviber whatsapp telegramfacebookyoutube instagram
20th April 2024

އޮކްޓޯބަރ މަހު ކަސްޓަމްސް އިން އެކްސްޕޯޓް ކުރި މިންވަރު 37 އިންސަތަ ދަށަ

Nov 17, 2018

ފާއިތުވި އޮކްޓޫބަރު މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 20 އިންސައްތަ އިތުރުވެފަ ވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފި އެވެ.

ކަސްޓަމްސްއިން ނެރުނު ތަފާސްހިސާބުގައި ވާގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މި އަހަރުގެ އޮކްޓޫބަރު މަހު މި އަދަދު ވަނީ 3.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 17 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު ސިންގަޕޫރުން 16 އިންސައްތަ އަދި ޗައިނާއިން 13 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފަ އެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު ހުސްވި އޮކްޓޫބަރު މަހު %6.5 އިތުރުވެފައެވެ. މިއަހަރުގެ އޮކްޓޫބަރު މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 280.9 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ލިބިފައިވަނީ 263.8 މިލިއަން ރުފިޔާ އެވެ.

ފާއިތުވި އޮކްޓޫބަރު މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 އޮކްޓޫބަރު މަހާ އަޅާބަލާއިރު 37 އިންސައްތަ ވަނީ ދަށްވެފައެވެ. 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 409.1 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު މިދިޔަ އޮކްޓޫބަރު މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރަކީ 257.1 މިލިއަން ރުފިޔާއެވެ. ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.

މިދިޔަ އޮކްޓޫބަރު މަހު އެކްސްޕޯޓްކުރި މުދަލުގެ 19.8 އިންސައްތަ އިންގިރޭސި ވިލާތަށް އެކްސްޕޯޓްކޮށްފައިވާއިރު އެމެރިކާއަށް 15.5 އިން ސައްތަ ޖަރުމަން ވިލާތަށް 14.2 އިންސައްތަ އަދި ސްރީ ލަންކާއަށް 10.2 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355