twitterviber whatsapp telegramfacebookyoutube instagram
27th April 2024

މަރުހަބާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް މަގާމުގެ ހުވާ ކުރައްވައިފި

Nov 17, 2018

އިބްރާހީމް މުހައްމަދު ސޯލިޙު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ގާނޫނީ ހުވާ ކުރައްވައި، ފައިސަލް ނަސީމް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމުގެ ގާނޫނީ ހުވައި މިއަދު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙާއި، ނައިބު ރައީސް ފައިސަލް ނަސީމް ހުވައި ކުރެއްވީ، މިކަމަށްޓަކައި މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވައި، އަދި ނައިބު ރައީސް ފައިސަލް ނަސީމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަހުމަދު އަބްދުﷲދީދީ އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވައިކުރެއްވުމާއި ވިދިގެން، 21 ބަޑީގެ ސަލާމެއް އަރުވައި، ޤައުމީ ސަލާން ކުޅުނެވެ.

އަދި ޤާނޫނީ ހުވައިގެ ލިޔުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ސޮއިކުރެއްވިއެވެ. މި ދެލިޔުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަހުމަދު އަބްދުﷲދީދީއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ސޮއިކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ކުމާރަތުންގާގެ އިތުރުން ބައެއް ޤައުމުތަކުގެ އިސްވެރިންގެ މަންދޫބުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355