twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވިޔަފާރިތައް 24 ގަޑިއިރު ހުޅުވަން ހުއްދަ ދެނީ

Nov 18, 2018

ސައި ހޮޓާތަކާއި ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރައްވައިފި އެވެ.

މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި ސައި ހޮޓަލާއި ރެސްޓޯރެންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައި ވެއެވެ.

އިއްޔެ ރައީސްކަމުގެ ހުވާ ކުރައްވާ ގައުމާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ބައެއް ކަންކަން ވަނީ އިއުލާން ކުރައްވާފަ އެވެ. އެގޮތުން ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، 30 ދުވަހުގެ ތެރެގައި ފުރިހަމަ ކުރާނެ ކަންތަކުގެ ތެރޭގައި، 24 ގަޑިއިރު ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ހިމެނެ އެވެ.

މާލޭގެ ޓްރެފިކް ހައްލު ކުރުމަށާއި އެކި ޑިއުޓީތަކުގައި މަސައްކަތް ކުރާ މީހުންގެ ފަސޭހަ އަށް 24 ގަޑިއިރު ހިދުމަތް ދޭ ވިޔަފާރިތައް ތައާރަފު ކުރުމަށް ގިނަ ބަޔަކު އެދެ އެވެ.

މީގެ އިތުރުން ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން އެސްއެމްއީ ބެންކެއް އުފައްދައި ހިދުމަތް ދިނުން ވެސް ހިމެނެ އެވެ. އެއީ ވިޔަފާރިތައް ފުޅާ ކުރުމަށް މާލީ ގޮތުން އެހީތެރިވެ ދިނުމަށް އުފައްދާ ބެންކެކެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި 24 ގަޑިއިރު ވިޔަފާރު ކުރުމަށް ދިން ހުއްދަ ބާތިލްކޮށްފައިވަނީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. އެ ހުއްދަ ބާތިލް ކުރކުށް ކުރުން މަދުކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށް އެސަރުކާރުން އެއިރު ވިދާޅުވެފައި ވެއެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355