twitterviber whatsapp telegramfacebookyoutube instagram
20th October 2025

ގިނައިން ފެންބުއިމުން ބޭރަށް ހިންގުމުން ދުރުކޮށްދޭ

Nov 21, 2018

ބޭރަށް ހިންގުމަކީ ވަރަށް ގިނަމީހުންނަށް ދިމާވާ މައްސަލައެކެވެ. މަދުން ނަމަވެސް ކޮންމެ މީހަކަށްވެސް ވަކި ހިސާބަކުން މިކަމާ ކުރިމަތިލާން ޖެހެއެވެ. ބޭރަށް ހިންގުން މެދުވެރިވާ އެކި ސަަބަބުތައް ވެސް ހުރެއެވެ. އެގޮތުން ބެކްޓީރީއާ ނުވަތަ ވައިރަލް އިންފެކްޝަނެއްގެ ސަބަބުންވެސް މިކަން ދިމާވެދާނެ އެވެ.

އެހެންނަމަވެސް މިއީ ގޭގައިވެސް ރަނގަޅު ކުރެވިދާނެ ބައްޔެކެވެ. ގިނަ ބޭސްތަކެއް ނުކޭ ނަމަވެސް އާދައިގެ ތަކެތިންވެސް ފަސޭހަ ކުރެވިދާނެ ކަމެކެވެ.

ގިނައިން ފެން ބުއިމަށް އާދަކުރޭ

ގިނައިން ފެންބުއިމަކީ ބޭރަށް ހިންގުމުން ދުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުންވެސް ފެނަކީ އަހަރެމެންގެ ހަށިގަނޑަށް މުހިއްމު އެއްޗެކެެވެ. އެގޮތުން ގިނައިން ފެންބުއިމުން ބޭރަށް ހިންގުން އިތުރަށް ގޯސްނުވެ ހިފަހައްޓައިދެއެވެ.

ބޭރަށް ހިންގުން އިތުރަށް ގޯސްވާނެ ކާނާ ބޭނުން ނުކުރޭ

ބޭރަށް ހިންގާނަމަ އިތުރަށް ބަލި އިތުރަށް ގޯސްވެދާނެ ކާނާ ބޭނުން ކުރުމާ ދުރުވާން ޖެހެއެވެ. އެގޮތުން ކެފެއިން އެކުލެވޭ ކާނާ، ކިރު، ސޮޑާ ހިމެނެއެވެ. މީގެ އިތުރުން ކާ ބާވަތުގެ ތެރެއިން އަސޭމިރުސް ހިމެނޭ ކާނާ، ކޯން، ބްރޮކޮލީ ފަދަ ކާނާ ކެއުން ހުއްޓާލަން ޖެހެއެވެ.

ގިނައިން ދިޔާ އެއްޗެހި ބޭނުން ކުރޭ

ބޭރަށް ހިންގުމަކީ ގިނައިން ފެން ބޭރުވާ ކަމެއްކަމުން ކެއުމުގައި ގިނައިން ދިޔާ އެއްޗެހި ބޭނުން ކުރާށެވެ. އެގޮތުން ސޫޕްއަކީ ބޭރަށް ހިންގާއިރު ކެއުމުގައި ހިމެނިދާނެ އެއްޗެކެވެ. މީގެ އިތުރުން ގިނަގިނައިން ޖޫހުގެ ބާވަތައްވެސް ކެއުމުގައި ހިމަނާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355