twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބައެއް މިނިސްޓްރީތަކާ ބައްދަލުކޮށް، ކުޅުދުއްފުށީގައި ހުރި މައްސަލަތައް ހައްލުކޮށްދޭން އެދިއްޖެ

Nov 22, 2018

ކުޅުދުއްފުށީ ކައުންސިލުން ދައުލަތުގެ ތިން މިނިސްޓްރީއަކާ ބައްދަލުކުރައްވައިފި އެވެ. ބައްދަލުކޮށްފައިވަނީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރު މުހައްމަދު އަސްލަމާއި ހެލްތް މިނިސްޓަރު އަބުދުﷲ އަމީން އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހްލޫފުއާ އެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީގައި މުހިންމު ބޮޑެތި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި އެކަންތައްތަކަށް އަަވަސް ހައްލެއް ހޯދައިވައިދެއްވުމަށް ކައުންސިލުން އެދިލެއްވި އެވެ. ކައުންސިލްގެ ފަރާތުން މިބައްދަލުވުންތަކުގައި ބައިވެރިވެލެއްވީ އެކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އާއި ނައިބު ރައީސް އަލީ ހާޝިމެވެ.

ވަކިވަކިން ކުރިއަށްގެންދިޔަ މިބައްދަލުވުމުންތަކާ ބެހޭގޮތުން މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ކުޅުދުއްފުށީގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން މިބައްދަލުވުންތަކުގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ. އެގޮތުން އާ ބަނދަރުގެ މައްސަލަ އާއި ހޮސްޕިޓަލުގެ މައްސަލަ، އާ މަގުތައް ހެދުމާއި ހދ އަތޮޅު ތައުލީމީ މަރުކަޒު އަދި ރަށުގައި ހުރި ކުޅިވަރު ދާއިރާތަކުގެ މައްސަލަތައް ހިމެނެ އެވެ.

އޭނާ ވިދާޅުވީގޮތުގައި މިނިސްޓަރ އަސްލަމް އާ ދެމެދު ދެއްކެވުނު ވާހަކަތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައިވަނީ އާ ބަނދަރުގެ މައްސަަލަ ވީހާވެސް އަވަހަކަށް ހައްލުކޮށްދިނުމަށް ކަމަށެވެ. އަދި އިތުރު މަގުތައް ހަދައިދިނުމަށް ކައުންސިލުން އެދުނެވެ. އަދި ގެސްޓްހައުސް ވިޔަފާރި ތައާރަފުކޮށް ކުރިއެރުވޭނެ ގޮތާމެދުވެސް މަޝްވަރާކުރެއްވިކަމަށް ލަތީފް ވިދާޅުވި އެވެ. ގެދޮރުވެރިކުރުމުގެ މަޝްރޫއުއެއްވެސް ހިންގާދިނުމަށް އެދުނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިޙްގެ ވެސް ވައުދެއްކަން މިނިސްޓަރ އަމީން އަރިހުގައި ފާހަގަކުރެއްވިކަމަށް ލަތީފް ވިދާޅުވި އެވެ. އަދި އެހޮސްޕިޓާ ވީހާވެސް އަވަހަކަށް އެކަށީގެންވާ ރަނގަޅު ހިދުމަތްތަކެއް ލިބޭނެ ހޮސްޕިޓަލަށް ބައްދަލުކޮށްދެއްވުމަށް އެދުނެވެ. އަދި ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ ކަންތައްތައް ވީހާވެސް އަވަހަކަށް ފަށައިދިނުމަށް ހެލްތް މިނިސްޓްރީން އެދުނުކަމަށް ލަތީފް ވިދާޅުވި އެވެ.

ސްޓޭޑިއަމްގައި ގިނަ މައްސަލަތަކެއް ހުރިކަމަށާއި އެކަންތައްތައް ވީހާވެސް އަވަހަކަށް ހައްލުކޮށްދިނުމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަރިހުން އެދުނެވެ. އަބުދުލް ލަތީފް ވިދާޅުވީ ސްޓޭޑިއަމްގެ ޓްރެކް ރަނގަޅު ފެންވަރަކަށް ހަދައިދިނުމަށް އެދުނުއިރު ފަތާ ޓްރެކެއް ގާއިމްކޮށްދެއްވުމަށް އެދުނު ކަމަށެވެ.

އަބުދުލް ލަތީފް ވިދާޅުވީގޮތުގައި މިދިޔަ ފަސް އަހަރަކީ މިނިސްޓަރުންނާއި ބައްދަލުކުރުމަށް ވަރަށް އުނދަގޫ އަދި ގިނަ ކައުންސިލްތަކަށް އެފުރުސަތުތައް ނުވެސް ލިބޭ ކަމަށެވެ. ނަމަވެސް ވެރިކަމުގައި މިހާ ކުރީ ކޮޅު މިނިސްޓަރުން ބައްދަލުކުރަންވަން ފުރުސަތު ލިބިގެންދިއުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ކުރިޔަށް އޮތްތާގައިވެސް ކައުންސިލަތަކާ ބައްދަލުކޮށް ވީ އެެންމެ ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިގެންދާނެކަމަށް މިނިސްޓަރުން ވިދާޅުވިކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓަރުންގެ އިތުރުން ކުޅުދުއްފުށީގެ ދެ ދާއިރާ ތަމްސީލުކުރައްވައި މަޖިލިސް މެމްބަރުންނާވެސް ބައްދަލުކޮށް ބަޖެޓްގައި ނުހިމެނި ހުރި މުހިންމު ކަންތައްތައް ހިމަނައި ދިނުމަށް މަސައްކަތްކޮށްދިނުމަށް އެދިލެއްވި އެވެ.

ދެ މެމްބަރުންގެ ފަރާތުންވެސް އެދެވޭ ޖަވާބުތަކެއް ލިބިގެންދިޔަ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުތެރޭގައި ކުޅުދުއްފުށީގައި ހަދާނެ މަގުތައް ފައިސާގެ ބަޖެޓް ހިމަނާނެ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުޅުދުއްފުށީގެ ހުރިހާ މަގުތަކެއް ހެދިގެންދާނެކަމަށް މެމްބަރުންނާ ހަވާލާދީ އަބުދުލް ލަތީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355